ހަބަރު
03 Oct 2023
ކޮރަޕްޝަންގެ ކުއްލި މައްސަލަތަކެއް އެބަ އުފައްދާ!
ކޮރަޕްޝަންގެ ކުއްލި މައްސަލަތަކެއް އުފެއްދުމަށް މަސައްކަތް ތަކެއް ބަޔަކު އެބަ ކުރާ ކަމަށާއި އޭސީސީ އޮތީ އެކަމަށް ފާރަވެރިވެގެން ކަމަށް އެކޮމިޝަނުން ބުނެފިއެވެ.
03 Oct 2023
"ނިޒާމާގުޅޭ ވޯޓަށް އެމްޑީޕީން ތާއީދުކުރާނެ ކަމަށް އޭރު ބުނި"
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސްއިން ވަކި ކެންޑިޑޭޓަކަށް ތާއީދުނުކޮށް، ނުވަތަ ވަކި ފަރާހަތަކަށް ނުޖެހި ތިބިކަމަށް ވާނަމަ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ "ފެންނަ ނުފެންނަ" ވޯޓު ނެގުމަށް އެއްބާރުލުން ދޭނެކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) އޭރު ބުނެފައިވާކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
03 Oct 2023
ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮތުމަށް އެދިއްޖެ
ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ މަސައްކަތް ކޮށްދެއްވުމަށް ތައްޔާރުވުމަށް އެދޭ ކަމަށާއި، އެއީ އެމަނިކުފާނު މަރުހަބާ ކިޔާނެ ކަމެއް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެެއެވެ.
03 Oct 2023
އަޅުގަނޑުގެ މައްޗަށް އެއްވެސް ބައެއްގެ ބާރެއް ނުހިންގޭނެ
ހިނގަމުން މިދާ ސަރުކާރުގެ މައްޗަށް އެހެން ބައެއްގެ ބާރު އޮތް ނަމަވެސް ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި އެމަނިކުފާނުގެ މައްޗަށް އެއްވެސް ފަރާތެއްގެ އެއްވެސް ބާރެއް ނުހިންގޭނެ ކަމަށާއި ހިނގާނީ ރައްޔިތުންގެ ބާރު ކަމުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
03 Oct 2023
އަޅުގަނޑުމެންގެ ސަރުކާރެއްގައި ރައީސް ނަޝީދަށް އިންސާފު ހޯދައިދޭނަން!
ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާގެ އިންސާފު މިހާރު އިންތިޚާބުވެފައި މިވާ ސަރުކާރުން ހޯދައިދޭނެކަމަށް އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
03 Oct 2023
ނިޒާމާ ގުޅޭ މައްސަލާގައި ރައީސްއާ މުޢިއްޒުގެ އެއް ޚިޔާލެ!
ދިވެހިރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އިބްރާޙީމް މުހައްމަދު ޞާލިހު އާއި އިންތިޚާބީ ރައީސް ޑރ މުހައްމަދު މުޢިއްޒުގެ ޚިޔާލުފުޅުވެސް އެއްގޮތް ކަން ހާމަވެއްޖެއެވެ.
02 Oct 2023
ކޮންމެ ރައްޔިތަކަށްވެސް ގެދޮރުވެރިކަމުގައި ހަމަހަމަކަން އޮންނާނެ
އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި ކޮންމެ ރައްޔިތަކަށްވެސް ގެދޮރުވެރިކަމުގައި ހަމަހަމަކަން އޮންނާނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
02 Oct 2023
ގައުމީ މަޖިލީހުގެ %99 ނަޝީދު ޕާޓީއާ ގުޅުމާ ދެކޮޅު: ރައީސް
އެމްޑީޕީގެ ގައުމީ މަޖިލީހުގެ 99 އިންސައްތަ މެންބަރުން، އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީއާއި އަލުން ގުޅުމާއި ދެކޮޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.