ޤާސިމް އިބްރާހިމް-- ފޮޓޯ: ވޮއިސް
ހަބަރު
10 Dec 2023 | 15:18
މަސްވެރިންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދުމަށް ޤާސިމް ގޮވާލައްވައިފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދުމަށް ޖުމްހުރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.

މިފަދައިން ޤާސިމް ވިދާޅުވީ މަސްވެރިންގެ ދުވަހުގެ ހެޔޮއެދުމާއި ތަޙްނިޔާ އެންމެހާ މަސްވެރިންނަށާއި މަސްވެރި އާއިލާތަކަށް އަރިސްކުރަމުން ކުރި ޓްވީޓެއްގައެވެ.

ދިވެހީންގެ އިޤްތިޞާދުގެ އެއް ލޭނާރު ކަމުގައިވާ މަސްވެރިކަމުގެ ސިނާޢަތު ދިރުވައި އާލާކުރުމަށް ސަރުކާރާއި، މަސްވެރިކަމުގެ ސިނާޢަތް ބަލަހައްޓަވާ ވަޒީރާއި، ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މެމްބަރުންނާއި، ޤައުމުގެ އެންމެހާ ސިޔާސީ އިސް ވެރީން މިއަދު ޢަޒުމު ކަނޑައަޅަންޖެހޭކަމަށް ޤާސިމް ވިދާޅުވިއެވެ.

މީގެއިތުރުންވެސް ޤާސިމް ވަނީ ދިވެހީންގެ ފުދުންތެރިކަން އިތުރުކޮށް އިޤްތިޞާދު ހަރުދަނާކޮށް ދެމެހެއްްޓުމަށްޓަކައި، ، މަސްވެރިކަމުގެ ސިނާާޢަތަށް ދިމާވެފައިވާ ހަޤީޤީ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް ޤައުމީ ވިސްނުމެެއްގައި މަސައްކަތް ފަށާ އެކަން ތަންފީޒު ކުރުން އަވަސް ކުރުން އަވަސް ކުރުމަށް ގޮވާލައްވާފައެވެ.

ޤާސިމް ދާދި ފަހުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނުގެ ދުވަސްވަރުގައި ވެސް ވެވަޑައިގެންނެވި ވައުދެއްގެ އިތުރުން އެމަނިކުފާނުގެ 14 ހަފްތާ މަގުޗާޓުގައި ވެސް ހިމަނުއްވާފައިވާ މުހިންމު ކަމެއް ކަމުގައިވާ ދިވެހި ރާއްޖޭގެ ކަނޑުން ގެއްލިފައިވާ ބައި ހޯދުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ފެއްޓެވުމަށްވެސް ރައީސް ޑރ.މުއިއްޒަށް ދަންނަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Jul 2026
އިތުރު 55 ކޭސް، ހިމަބިހިޖެހުނު މީހުންގެ އަދަދު 121 އަށް
އެޗްޕީއޭ އިން ބުނީ ވޭތުވެދިޔަ ހަފްތާގައި ހިމަބިހީގެ 55 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ. އެހެން ކަމުން މި އަހަރުގެ މިހާތަނަށް ހިމަބިހި ޖެހުނު މީހުންގެ އަދަދު ވަނީ 121 އަށް އަރާފަ އެވެ.
07 Jul 2026
ގާނޫނާ ފުށުއަރާތީ ހދ. އަތޮޅުގައި ބޯޑެއް ހަދަންކުރާ މަސައްކަތް ހުއްޓާލަން އަންގައިފި
ކުޅުދުއްފުށީ ކައުންސިލުން އިސްވެ ހދ. އަތޮޅުގެ ރަށްތައް ހިމެނޭހެން ކައުންސިލުތައް އެކުވެގެން ވަކި ބޯޑެއް އެކުލަވާލައި މަސައްކަތް ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ނުދެކޭ ކަމަށް ވެސް އެލްޖީއޭގެ ސިޓީގައިވެ އެވެ.
07 Jul 2026
ރައީސް މައުމޫންގެ ތާއީދާއި ހެޔޮ ދުއާ އޮތީ މިސްރު ޓީމާއެކު
މިސްރަށް އޮތީ ބޮޑު ލޯތްބެއްކަން ހާމަކުރައްވާ އެ ޓީމަށް ކާމިޔާބު ދެއްވުން އެދިވަޑައިގެން ދުއާ ކުރައްވާފައިވެ އެވެ.
07 Jul 2026
ހިމަންދޫގައި ދެ ކުއްޖަކު ގެނބުނު ހާދިސާ: ދެ ކުދީން ސަލާމަތްކުރި ހީރޯއިންނަކީ މިއީ
މި ހާދިސާގައި ސަލާމަތްކޮށްފައިވަނީ 11 އަހަރުގެ ކުއްޖަކާއި 12 އަހަރުގެ ކުއްޖެކެވެ.
07 Jul 2026
މާލޭ ނޯތު ހާބަރުގެ "އޭ ޒޯން" އިން ފެނާއި ކަރަންޓް ލިބޭނެ ގޮތް ހަދައިފި
މިހާރު "އޭ ޒޯން" އިން އެއް ފަހަރާ 48 އުޅަނދަށް ކަރަންޓު ފޯރުކޮށްދެވޭނެއެވެ. އަދި ފެން ފޯރުކޮށްދޭ 16 ޕޮއިންޓް ވަނީ މިހާރު އެ ސަރަހައްދުގައި ޤާއިމްކޮށްފަ އެެވެ.
07 Jul 2026
ރަނގަޅު ޞިއްޙަތަކީ، ތަޢުލީމާއި މުޖުތަމަޢުގެ ކުރިއެރުން: މެޑަމް ސާޖިދާ
ދުޅަހެޔޮ ރައްޔިތަކާ ނުލައި ޤައުމުތަކަށް އެ ޤައުމުތަކުގެ ފުރިހަމަ ޤާބިލުކަން ޙާޞިލުނުކުރެވޭނެކަން އެކަމަނާ ފާހަގަކުރެއްވި އެވެ.
07 Jul 2026
އީޔޫއާއި ބެލްޖިއަމަށް ރާއްޖެއިން ކަނޑައަޅާ ސަފީރަކަށް ދިޔާނާ
އެ ސިޓީފުޅު އިއްވެވުމަށް ފަހު ދިޔާނާގެ ނަން ދިރާސާކޮށް މަޖިލީހުން ރުހުންދިނުމާމެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.
07 Jul 2026
އާޖެންޓީނާ މެޗްގެ ޕްރެސްގައި މިސްރު ކޯޗުގެ މައިގަނޑު ވާހަކައަކީ ފަލަސްތީން
ކޯޗް ބުނީ، ގާޒާ އާއި ފަލަސްތީނުގައި ހިނގަމުންދާ އިންސާނިއްޔަތާ ހިލާފު ކަންކަމަކީ "މުޅި ދުނިޔެއަށް ހުރި ލަދެއް" ކަމަށެވެ.