ރައީސުލްޖުމްހޫރިއްޔާ ގެ ކެބިނެޓް ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ރައީސް އޮފީސް
ހަބަރު
10 Dec 2023 | 17:00
އަންހެނުންނަށް ޚާއްސަކޮށް ދިމާވާ ސިއްޙީ މައްސަލަތަކުގެ ހުރިހާ ޚަރަދެއް އާސަންދައިން ދޭ ގޮތަށް ނިންމައިފި!

އަންހެނުންނަށް ޚާއްސަކޮށް ދިމާވާ ސިއްޙީ އެކިއެކި މައްސަލަތަކަށް ފަރުވާ ކުރުމަށް ކުރަންޖެހޭ ހުރިހާ ޚަރަދެއް އާސަންދައިންދޭ ގޮތަށް ސަރުކާރުން ނިންމައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ކެބިނެޓުން މިއަދު ނިންމާފައިވާ މުހިންމު ނިންމުތަކާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ އަންޑަރ ސެކެރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުالله ޚަލީލް ވިދާޅުވީ، ވޭތުވެދިޔަ 2 އަހަރަށް ބަލާލި ނަމަވެސް ވަރަށް ގިނަ އަންހެނުން ޕީސީއޯއެސް އާއި އެންޑޯމެޓްރިއޯސިސްއަށް ފަރުވާ ހޯދާފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ. 

ފިރުޒުލް ވިދާޅުވީ، ޕީސީއޯއެސް އާއި އެންޑޯމެޓްރިއޯސިސްގެ ފަރުވާގެ ކަންކަން މިހާރު އޮތް ގޮތުން، އެ ބަލި ޑައިގްނޯސް ކުރެވޭ ގޮތެއްގެ ސަބަބުން އެކަމަށް އާސަންދައިން އެކަމުގެ ހުރިހާ ޚަރަދުތައް ހަމަޖައްސައި ނުދޭ ކަމަށެވެ. 

އެހެންކަމުން، އެކަން ހައްލުކޮށް، މި ދެ ބައްޔާއި، އަންހެނުންނަށް ޚާއްސަކޮށް ދިމާވާ އެފަދަ ބަލިތަކަށް އާސަންދައިން ހުރިހާ ޚަރަދެއް ކުރާ ގޮތަށް މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އެންމެ ފުރަތަަމަ ކަމަކަށް އަންހެނުންނަށް ދިމާވާ އެންޑޯމެޓްރިއޯސިސް އަދީ ޕީސީއޯއެސް ފަދަ ސިއްހީ މައްސަލަ ތަކަށް ބޭނުންވާ ޚާއްސަ ފަރުވާ އާސަންދަ މެދުވެރިކޮށް ހަމަޖައްސައިދިނުމާއި ގުޅޭގޮތުން މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ކަރުދާސް ހުށަހެޅި މަޝްވަރާ ކުރެވިފައިވޭ. މަޝްވަރާގެ ތެރެއިން ނިންމިފައިވަނީ، މިދެންނެވި ބަލިތަކުގެ ފަރުވާ އާސަންދައިގެ ތެރެއިން ފުލް ކަވަރޭޖް ލިބޭ ގޮތަށް ހަމަޖެއްސުމަށް."

މުހައްމަދު ފިރުޒުލް އަބްދުالله ޚަލީލް

ފިރުޒުލް ވިދާޅުވީ، މި ނިންމުމަކީ ފާއިތުވި ހަފްތާގެ ކެބިނެޓް ބައްދަލުވުމުގައި، ދަރިމައި ވުމުގެ މައްސަލަ ތަކާއި އައިވީއެފް އަށް އާސަންދައިން ޚަރަދުކުރާ ގޮތަށް ނިންމި ނިންމުމާއި ގުޅޭ, އަދި އެ ނިންމުމަށް ބޮޅެއް އިތުރު ވެގެންދާނެ ނިންމުމެއް ކަމަށެވެ. 

މީގެ އިތުރުން، މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި އަންހެނުންގެ މިފަދަ ސިއްހީ މައްސަލަތަކާއި ގުޅިގެން، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އާއްމުން ހޭލުންތެރިކުރުމަށް ވެސް މަސައްކަތް ކުރުމަށް މިއަދު ނިންމާވާފައިވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.