ރަށެއްގައި މަސައްކަތް ކުރާ ބިދޭސީން ތަކަކަށް ފުލުހަކު މަޢުލޫމާތު ދެއްވަނީ. ފޮޓޯ: ޕޮލިސް
ހަބަރު
10 Dec 2023 | 16:18
ސްކޭމް ތަކަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި!

ސްކޭމް ތަކަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ދ އަތޮޅުގައި ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.

ދ. އަތޮޅު ޕޮލިހާއި އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓް ގުޅިގެން “ސްކޭމް އެވެއާނަސް ވީކް” ނަމުގައި ދ. އަތޮޅުގެ ހުރިހާ ރަށެއްގައި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޑިސެމްބަރު 3 އިން ފެށިގެން ހަފުތާއެއްގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ދ. އަތޮޅު ޕޮލިސް ސްޓޭޝަންތަކަށް ހުށަހެޅޭ ސްކޭމްގެ މައްސަލަތަކުން ރައްޔިތުން ރައްކާތެރިކުރުވުމަށާއި ކުރިއަށް މިއޮތް ސްކޫލް ބަންދާ ދިމާކޮށް ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުން ޑޮލަރު ގަންނަމުންދާނެ ނިސްބަތް އިތުރުވާނެ ކަމަށް ލަފާކޮށް ކުރިއަށް ގެންދިޔަ ހޭލުން ތެރިކަމުގެ ޕްރޮގްރާމް ތަކެކެވެ.

އަދި ކުޑަހުވަދޫގައި މޯލްޑިވްސް އިސްލާމިކް ބެންކުގެ ގޮތްޕެއް ހުޅުވައި، ޑޮލަރު ގެ މުއާމަލާތްތައް އޭޓީއެމް މެދުވެރިކޮށް ކުރެވޭގޮތަށް މަގުފަހިވުމާ ގުޅިގެން މިފަދަ މައްސަލަތައް އިތުރުވުމުގެ ފުރުސަތު އޮތުމާއެކު މިފަދަ މައްސަލަތަކުން ރައްޔިތުން ރައްކާތެރިކޮށް ހޭލުންތެރި ކުރުވުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ޕްރޮގްރާމްގައި، ދ. އަތޮޅުގައި ދިރިއުޅޭ ދިވެހީންނާއި ބިދޭސީން ރަށްރަށުގައި ގިނަ އަދަދަކަށް ޖަމާވެތިބޭ ތަންތަނަށާއި ގޭބިސީތަކަށާއި އޮޑިދޯނިފަހަރަށް ޒިޔާރަތްކޮށް މައުލޫމާތުދީފައިވާ ކަަމަށް ފުލުހުން ބުނެއެވެ. އެގޮތުން، މަކަރާއި ހީލަތުން ފައިސާހޯދުމަށް އެކި ނަންނަމުގައި ގުޅާ މީހުންގެ ކިބައިން ރައްކާތެރިވާނެ ގޮތާއި، އެފަދަ މީހުން އާންމުގޮތެއްގައި ބޭނުންކުރާ އުކުޅުތައް ބުނެދީ އެފަދަ ކަންކަމުން ރައްކާތެރިވާނެގޮތުގެ މައުލޫމާތުދީފައިވެއެވެ. އަދި ހޭލުންތެރިކުރުމުގެ މައުލޫމާތު ހިމެނޭ ލީފްލެޓް ދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން، ސަރުކާރުގެ މުއައްސަސާތަކާއި ޖަމުއިއްޔާ ޖަމާއަތްތަކަށް ހާއްސަކޮށްގެން މައުލާުމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އެގޮތުން ސްކޭމް ކޯލްތަކުގެ ބާވަތްތަކާއި، ޑޮލަރު ވިއްކާނެކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދާ މީހުން ބޭނުންކުރާ ބައެއް އުކުޅުތަކާއި، ފޭކް ސްލިޕް ފޮނުވައިގެންނާއި ޕިސިންގ ލިންކުތައް މެދުވެރިކޮށް ހިންގަމުންދާ ސްކޭމްތަކާއި، ފޭސްބުކް އެކްޓިވޭޓް އަދި ޑިއެކްޓިވޭޓް ކުރުމުގެ ނަމުގައި ފޮނުވާ ކޯޑުތަކާއި ޓްރޭޑް ކޮށްދޭނެކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދާގޮތްތަކާ އަދި އީ-ސިމް އާ ގުޅުންހުރި ސްކޭމްގެ މައްސަލަތަކަށް ސަމާލުވުމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް މައުލޫމާތުދީފައިވެއެވެ.

“ސްކޭމް އެވެއާނަސް ވީކް” ގެ ހަރަކާތްތައް ނިންމާލިއިރު ދ. އަތޮޅުގެ 18 އަހަރުންމަތީގެ އާބާދީގެ %50 އަށްވުރެ ގިނަ ރައްޔިތުން ހޭލުންތެރިކޮށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށާއި، މި ޕްރޮގްރާމް މިހާ ފުރިހަމައަށް ކުރިއަށް ގެންދިއުމަށް ދ. އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލް އަދި ރަށްރަށުގެ ރައްޔިތުންގެ ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.