21 Nov 2023
ރައީސް ޔާމިނުގެ މައްޗަށް ކުރި ހުކުމް ބާތިލުކޮށްދޭން އެދިއްޖެ
ވ. އާރަށުގެ މުއާމަލާތާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި، މަނީލޯންޑަރިންގެ ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅާ ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ ޤާނޫނާއި ޚިލާފު ހުކުމެއްކަމަށް ކަނޑައަޅައި، އެ ހުކުމް ބާތިލުކޮށްދިނުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އެދިއްޖެ އެވެ.