22 Nov 2023
4 ދުވަހަށް ހަނގުރާމަ ހުއްޓާލުމުން ރާއްޖެއިން މަރުހަބާ ކިޔައިފި
އިސްރާއީލުން ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތައް 4 ދުވަހަށް ހުއްޓާލުމަށް ހަމާސް އާއި އިސްރާއީލާއި މެދު އެއްބަސް ވުމުން ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.
22 Nov 2023
ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ މަގާމަށް ޢަލީ ޝަރީފް
ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ މަގާމަށް މއ. ނައިލޯނުގެ، ޢަލީ ޝަރީފް ޢައްޔަނުކުރައްވައިފިއެވެ.
22 Nov 2023
ސޯޝަލް ކައުންސިލުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފި
ނައިބު ރައީސް ހުސެއިން މުޙައްމަދު ލަޠީފް ޗެއަރ ކުރައްވައި ސޯޝަލް ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.
22 Nov 2023
ނަދީމް ގެ މަރުގެ ދައުވާ ލިބޭ މީހުންގެ މައްސަލަ ސްޕްރީމް ކޯޓަށް
މީގެ ހަ އަހަރު ކުރިން ޓާމިނަލް ކެފޭގެ ތެރެއަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ތޫނު އެއްޗަކުން ހަމަލާދީ މަރާލި ހއ.ތަކަންދޫ އިބްރާހިމީ ހިޔާ ނަދީމް ޢަބްދުއްރަޙީމް (ނަޑޭ) ގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުން ބަންދު ނުކުރުމަށް ހައި ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނިންމައިފިއެވެ.
22 Nov 2023
އިސޫއާއި މުއާގެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމައިފި
ނޫސްވެރިޔާ އަހުމަދު ރިލްވާން އާއި ބްލޮގަރު ޔާމީނު ރަޝީދުގެ މަރުގެ ތުހުމަތުގައި ހައްޔަރު ކުރި އިސްމާއިލް އަބްދުއްރަހީމް (އިސޫ) އާއި އަޙްމަދު މުޢާޒު (ގަޓު މުއާ) އަށް ކުރާ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
22 Nov 2023
އިސްރާއީލް މީހުން މަނާކުރާ ޕެޓިޝަން ކޮމިޓީން ފާސްކޮށްފި
އިސްރާއީލްގެ ޕާސްޕޯޓުގައި އެ ގައުމުގެ އެއްވެސް ރައްޔިތަކަށް ރާއްޖެ އެތެރެވުން މަނާކުރުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހުށަހެޅި ޕެޓިޝަން މިއަދު އެ ކޮމިޓީން ފާސްކޮށްފިއެވެ.
22 Nov 2023
ރައީސް ޑރ މުޢިއްޒު ކޮޕް-28 ގައި ބައިވެރިވެވަޑައިގަތުމަށް ޔޫއޭއީއަށް!
މި މަހުގެ ފަހުކޮޅު ޔޫއޭއީގެ ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް-28 ގައި ބައިވެރިވެވަޑައިގަތުމަށް ޔޫއޭއީ އަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
22 Nov 2023
ފިނޑިންގެ ކުރިމަތީ ބޯތިރިކޮށް، ފަހަތަށް ނުޖެހޭނަން: މަލީޙް
ޕާޓީގެ މަސްލަޙަތު ނަގާލައި ވަޒީފާގެ ބިރަށް ސިޓީގައި ސޮއިކުރާ ފިނޑިން ކުރިމަތީ ބޯތިރި ނުކުރާނެކަމުގައި، ޕީޕީއެމްގެ މަސްލަހަތު ނަގާލައި ޕާޓީ ބަދުނާމުވާ ފަދަ އަމަލުތަކެއް ކުރި ކަމުގެ ތުހުމަތުގައި މިއަދު އެ ޕާޓީން ސަސްޕެންޑް ކުރި މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.