ތިލަފުށީ ފަޅުން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދު ދައްކުވައިދޭ ފޮޓޯއެއް. ފޮޓޯ:އާބަންކޯ
ހަބަރު
21 Nov 2023 | 18:43
ތިލަފުށީ ފަޅު ހިއްކުމަށް އެތަނުގައި ހުރި އުޅަނދުތައް ނަގަން އަންގައިފި

ތިލަފުށީ ފަޅުތެރެ ހިއްކުމުގެ މަސައްކަތް ފެށުމަށްޓަކައި، އެތަނުގައި ހުރި އުޅަނދުތައް ނެގުމަށް އާބަންކޯއިން އަންގައިފިއެވެ.

އާބަންކޯއިން މިއަދު ނެރުނު އިޢްލާނެއްގައި ބުނީ ތިލަފުށީގެ މާސްޓަރ ޕްލޭނާ އެއްގޮތަށް ތިލަފުށި ތަރައްޤީކުރުމަކީ ރާއްޖޭގެ އިޤްތިޞާދާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށެވެ. އެހެންވެ، މާސްޓަރ ޕްލޭނާ އެއްގޮތަށް، ހިއްކަންޖެހޭ ތަންތަން އަވަސް މުއްދަތެއްގެ ތެރޭގައި ނިންމަން މަސައްކަތް ކުރަމުން އަންނަކަމަށް އެއިޢްލާނުގައި ބުނެފައިވެއެވެ.

ތިލަފުށީ ފަޅުތެރެއިން ހިއްކަން ހަމަޖެހިފައިވާ އޭރިއާ "އީ"ގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ 18ގައި ފަށަން އާބަންކޯއިން ވަނީ ނިންމާފައެވެ.

އެ ސަރަހައްދުގައި އެ ކުންފުނިން ކުރިއަށްގެންދިޔަ ސަރވޭގައި، ފަޅުތެރޭގައި އަޑިއަށްގޮސްފައިވާ އުޅަނދުތަކާއި ގިނަ މުއްދަތެއް ވަންދެން ބޭނުންނުކޮށް ހުރި އުޅަނދުތައް އަޅާފައިވާކަން ފާހަގަކުރެވިފައި ވާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ވަށައިގެން ހުރި ބިންތަކުގައި އުޅަނދުތައް މަރާމާތުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އާބަންކޯއިން ބުނެފައިވެއެވެ. އެ ސަރަހައްދުގައި ހުރި ހުރިހާ އުޅަނދެއް ހަތް ދުވަހުގެ ތެރޭގައި ނެގުމަށް އެ ކުންފުނިން ވަނީ އަންގާފައެވެ.

ދީފައިވާ މުއްދަތުގެ ތެރޭގައި އުޅަނދުތައް ނުނަގައިފިނަމަ އެ ކުންފުނީގެ އުސޫލުގެ ދަށުން ޢަމަލު ކުރާނެކަމަށް އާބަންކޯއިން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.