ހެލްތު މިނިސްޓަރު-- ފޮޓޯ/ ހެލްތު މިނިސްޓްރީ
ހަބަރު
21 Nov 2023 | 18:30
ކުޑަކުދިންގެ ޑޮކްޓަރުންނަށް ބެލޭނީ 16 އަަހަރުން ދަށުގެ ކުދިންގެ ގޮތުގައި ކަނޑައަޅައިފި

ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުންނަށް ބެލޭނީ 16 އަހަރުން ދަށުގެ ކުދިން ކަމަށް ސިއްޚީ ވުޒާރާއިން ކަނޑައަޅައިފިއެވެ.

ސިއްޚީ ވުޒާރާއިން އިއްޔެ ގެޒެޓުކުރި އިޢްލާނެއްގައި ބުނެފައިވަނީ ސިއްޚީ ޚިދުމަތްދޭ ތަންތަނުގައި ޚިދުމަތް ދިނުމުގައި ގެންގުޅޭ އުސޫލުތައް އެއްގޮތްކުރުމަކީ މުހިންމު ކަމެއް ކަމަށާއި އެހެން ކަމުން ޢާންމު އުސޫލެއްގެ ގޮތުން ކުޑަކުދީންގެ ޚާއްސަ ޑޮކްޓަރުންނަށް ފަރުވާ ދެވޭނެ ވަކި އުމުރެއް ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން ކުޑަކުދީންގެ ޑޮކްޓަރުންނަށް ބެލޭނީ 16 އަހަރުން ދަށުގެ ކުދިން ކަމަށް ކަނޑައެޅި ނަމަވެސް އެ ޑޮކްޓަރެއްގެ ކޮންޕިޑެންސީ، ސްކޯޕް އޮފް ޕްރެކްޓިސް އަދި ކޯޑް އޮފް ކޮންޑަކްޓާ ޚިލާފު ނުވާ ގޮތުގެމަތިން އެ ޢުމުރަށްވުރެ ދޮށީ ކުދީންނަށް ފަރުވާ ދިނުމަކަށް ހުރަހެއް ނެތް ކަމަށް ސިއްޚީ ވުޒާރާއިން ބުނެފައިވެއެވެ.

އޭގެ އިތުރުން، އެހެނިހެން ދާއިރާތަކުގެ ސްޕެޝަލިސްޓް ޑޮކްޓަރުން ކުޑަކުދީންނަށް ޚާއްސަ ޑޮކްޓަރުން ކަމުގައި ނުވާ ނަމަވެސް އެ ޑޮކްޓަރުންނަށްވެސް 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ފަރުވާ ދިނުމުގައި ހުރަހެއް ނެތް ސިއްޚީ ވުޒާރާގެ އިޢްލާނުގައި ބުނެފައިވެއެވެ.

ސިއްޚީ ވުޒާރާއިން ވަނީ އެ އުސޫލަށް ބަދަލު ނުގެންނަހާ ހިނދަކު އެ އެންގުމާ އެއްގޮތަށް ޢަމަލު ކުރުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.