05 Oct 2025
އަތްފޯރާ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޚާއްސަ މަޝްރޫއެއް ފަށަނީ
މި މަޝްރޫއުގެ ދަށުން، މައިގަނޑު ހަތަރު ކަމެއް ތަންފީޒުކުރެއްވުމަށް ވަނީ ނިންމަވާފަ އެވެ.
05 Oct 2025
އައްޑޫގައި އިތުރު ކައުންސިލް އުފައްދަން ފެނޭތޯ ފޭދޫއާ ހުޅުދޫއާ މީދޫގައި މި މަހު ވޯޓް ނަގަނީ
އެގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނު އާއި އެއްގޮތްވާގޮތުގެ މަތިން، އައްޑޫ ސިޓީގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމާބެހޭގޮތުން ކުރަންޖެހޭ އިންތިޒާމުތައް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
05 Oct 2025
ބަންގްލަދޭޝްގެ އައު ސަފީރު ވެސް ރައީސަށް ފަތްކޮޅު އަރުވައިފި
ބަންގްލަދޭޝްގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށްފަހު، ދެއްކެވި ވާހަކަފުޅުގައި ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެ އެވެ.
05 Oct 2025
ބިދޭސީ ދެ މީހެއްގެ މެދުގައި މާރާމާރީއެއް، އެކެއްގެ ބޯ ފަޅާލި
މި މާރާމާރީ ހިނގާފައި ވަނީ ދެ ބިދޭސީއެއްގެ މެދުގައި ކަމަށް ވެސް ބުންޏެވެ. މާރާމާރީގައި އެކެއްގެ ބޯ ފެޅި އަނިޔާވެފައިވެ އެވެ. އޭނާއަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.
05 Oct 2025
ފުވައްމުލަކު އެއާޕޯޓްގެ ސެކިއުރިޓީންނާ މާރާމާރީ ހިންގި މައްސަލައެއް، ތިން މީހަކު ހައްޔަރު
މި މައްސަލައިގެ ތުހުމަތުގައި ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މީހުންގެ ބަންދާއިމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
05 Oct 2025
ބިދޭސީ މަސައްކަތްތެރިންނާ ގުޅިގެން ދައްކަން ޖެހޭ ފީތަކާއި ޖޫރިމަނާ ދެއްކުމުގައި ލުއިތަކެއް ދެނީ
ފާއިތުވެދިޔަ މުއްދަތުގައި، ސެޓްލްމަންޓް އެގްރީމަންޓްގެ ދަށުން އެއްވެސް ފައިސާއެއް ދައްކާފައިނުވާ ފަރާތްތަކަށް، އިތުރު އެއްބަސްވުމެއްގެ ދަށުން ފައިސާ ދެއްކުމުގެ ފުރުސަތު ނުލިބޭނެ ކަމަށް ވަނީ ބުނެފަ އެވެ.
05 Oct 2025
ހަނިމާދޫ އެއާޕޯޓް ހުޅުވުމުގެ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށްފި
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި އެންމެ ރަނގަޅަށް ނެތް ކަންކަން ހައްލު ކުރައްވަމުން ގެންދަވާ ކަމަށެވެ.
05 Oct 2025
ނައިފަރާއި ހުވަދޫ އަތޮޅު ވިލިނގިލީގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ފާދިއްފޮޅު ނައިފަރާއި ހުވަދޫ އަތޮޅު އުތުރުބުރީ ވިލިނގިލީގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި އެވެ.