ދާޚިލީ ސަލާމަތާއި ބެހޭ ވަޒީރު އަލީ އިޙްސާން --
ހަބަރު
06 Oct 2025 | 07:00
ރާއްޖޭގައި އެލް-ރާޑް ފުރަތަމަ ބޭނުންކުރީ 2013ގައި ވެހިކަލުގައި މައުންޓްކޮށްގެން: ވަޒީރު އިޙްސާން

މިިދިޔަ ހުކުރު ދުވަހު އެމްޑީޕީން ބޭއްވި އެއްވުމުގެ ތެރެއިން ބޭނުންކުރި ތޫނު އަޑު އިއްވާ ޑިވައިސް ނުވަރަ އެލްރާޑް ރާއްޖޭގައި ބޭނުންކުރީ އަލަށް ނޫން ކަމަށާއި، 2013 ގައި އެ ހަތިޔާރު ބޭނުންކުރި ކަމަށް ދާޚިލީ ސަލާމަތާއި ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެ އެއްވުމުގެ ތެރެއިން އެލްރާޑް ބޭނުންކުރުމުން އެކަމުގެ ކަންބޮޑުވުން ވަރަށް ގިނަ ފަރާތްތަކުން ވަނީ ފާޅުކޮށްފައެވެ. އެގޮތުން ރާއްޖޭގައި މީގެ ކުރިން ބޭނުންނުކުރާ ޑިވައިސްއެއް އެރޭ ބޭނުންކޮށް އެ މުޒާހަރާ ރޫޅާލުމަށް ފުލުހުން މަސައްކަތްކުރި ކަމަށް އެމީހުން ދިޔައީ ބުނަމުންނެވެ.

އެކަމާ ގުޅިގެން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު އިޙްސާް ވިދާޅުވީ، އެލްރާޑް ރާއްޖޭގައި އެންމެ ފުރަތަމަ ބޭނުންކޮށްފައިވަނީ 2013 ވަނަ އަހަރު ކަމަށާއި، އޭރު ބޭނުންކުރީ LRAD 300 Xގެ މޮޑެލްގެ ހަތިޔާރެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އޭރު އެލްރާޑް ބޭނުންކުރީ ފުލުހުންގެ ވެހިކަލުގައި މައުންޓްކޮށްގެންކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެލްރާޑްއަކީ 100 އަށް ވުރެ ގިނަ ޤައުމުތަކުގައި މުޒާހަރާތައް ކޮންޓްރޯލްކުރުމާއި، ދުރަށް އަޑުއިއްވުމާއި، ކަނޑުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުން ފަދަ ކަންކަމަށް މިހާރު ވެސް ގެންގުޅޭ ހަތިޔާރެއް ކަމަށެވެ. އެ ހަތިޔާރު ގެންގުޅެނީ އެޤައުމެއްގެ މިލިޓަރީ ނުވަތަ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ކަމަށް ވެސް ވަޒީރު ވިދާޅުވެފައިވެއެވެ.

ވަޒީރު އެހެން ވިދާޅުވިއިރު، އެރޭ އެލްރާޑް ބޭނުންކުރުމުގެ ސަބަބުން ވަރަށް ގިނަ އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން އެ އަޑާއި ގުޅިގެން ރޭ ފުލުހުން ދިން އިންޒާރުތައް އަޑުނީވުމާއި އަދި ކަންފަތުގައި ރިއްސުން ފަދަ ކަންކަން ކުރިމަތިވިކަމަށް އެރޭގެ މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ.

"އެލް-ރާޑް" ނުވަތަ ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސްއަކީ ތަންފީޒީ އިދާރާތަކުން ފޯރު ކޮށްދޭންޖެހޭ މުހިންމު މައުލޫމާތުތައް ދުރު ސަރަހައްދަކަށް ފޯރުކޮށްދިނުމަށްޓަކައި ބޭނުންކުރާ މުވާސަލާތީ ވަސީލަތެކެވެ. އެ ވަސީލަތަކީ ލައުޑްސްޕީކަރުން އަޑު ފޯރާ މިންވަރަށްވުރެ ދުރަށް އަޑު ފޯރާނެކަންޔަގީންކުރެވޭ ފަދަ، ބާރުގަދަ ވަސީލަތެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.