11 Jul 2025
ތަޢުލީމާއި ޞިއްހީ ފުރުޞަތުތައް ޒުވާނުންނަށް ހޯދައިދޭނަން: ރައީސް މުޢިއްޒު
އެކަށީގެންވާ ބޯހިޔާވަހިކަން ފޯރުކޮށްދީ، ކުޑަކުދިންގެ ފަރުވާ ހަރުދަނާކޮށް، ތަޢުލީމާއި ޞިއްހީ ފުރުޞަތުތައް ފަހިވެފައިވާ މާޙައުލެއް ޒުވާނުންނަށް ޤާއިމުކުރުމަށް މަސައްކަތްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Jul 2025
ގެއްލުނު މަސް ދޯނި ރައްކާތެރިކަމާއެކު ކޮޅުފުއްޓަށް ވަދެއްޖެ
އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދި ތ.ވިލުފުށީ "ވިލުރޯދި" ރޭ ދަންވަރު 02:00 ހާއިރު، ސަލާމަތްތެރިކަމާ އެކު ދޯނި ކޮޅުފުއްޓަށަ ވަދެފައިވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވާ ކަމަށެވެ.
11 Jul 2025
އަލިފާން ނިއްވަން އުޅުނު ތިން ފުލުހަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާދެނީ
ހުޅުމާލޭގައި ހުންނަ އެންސިސް ފިޝަރީޒްގެ ގުދަނުގައި ރޭ ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރަމުގެ މަސައްކަތުގައި އުޅުނު ތިން ފުލުހަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ.
11 Jul 2025
ލ. ގަމަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
އަތޮޅު ފެރީގައި ލ. ގަމަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
11 Jul 2025
ކަނޑުތައް ވަރަށް ގަދަ، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރަން އެދިއްޖެ
މޫސުން ގޯސްވެ، ކަނޑުތައްވެސް ވަރަށް ގަދަވެފައިވާތީ، ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފިއެވެ.
11 Jul 2025
އަޑިއަށްދިޔަ ބޯޓުގައި ހުރި ސާމާނު އޮޔާ ދާނެތީ ސަމާލުވާން އެދިއްޖެ
މާލެއިން ފުރައިގެން ލ.ހިތަދޫއަށް ދަތުރުކުރަމުންދަނިކޮށް އިއްޔެ އަޑިއަށްދިޔަ "އޯޝަން އެކްސްޕްރެސް" ބޯޓުގައި ހުރި ބައެއް ސާމާނު އޮޔާ ދާނެކަމަށް ލަފާކުރެވޭތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.
11 Jul 2025
މާލޭ ގެއަކުން މަސްތުވާތަކެއްޗާއި، 16،000 ރުފިޔާއާއެކު މީހަކު ހައްޔަރުކޮށްފި
މާލޭ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއި، 16،000 ރުފިޔާއާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
11 Jul 2025
ކަނޑުމަތީގެ ހަތް ހާދިސާ، 8 މީހަކު ގެއްލި މުދާ އުފުލާ ބޯޓެއް އަޑިއަށް
އެމްއެންޑީއެފުން ބުނީ މިއަދު މެންދުރު 12:00އިން ފެށިގެން މިރޭ 10:30އާ ހަމައަށް ކަނޑުމަތީގެ ހަތް ހާދިސާއެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.