ރައީސް ނެއްލައިދޫގައި ވާހަކަފުޅު ދައްކަވަނީ --
ހަބަރު
25 Aug 2025 | 18:03
ނެއްލައިދޫއަށް ތަރައްގީގެ މުހިންމު ތިން މަޝްރޫއު އެއް، ރައީސް ދެއްވީ ޔަގީންކަން

ނެއްލައިދޫގެ ތަރައްގީއަށް މުހިންމު ތިން މަޝްރޫއެއްގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

މި މަޝްރޫއުތައް ފަށާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ, ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނެއްލައިދޫއަށް ޒިޔާރަތުގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ނެއްލައިދޫގެ ތަރައްގީއަށް މުހިންމު ތިން މަޝްރޫއެއްގެ އަމަލީ މަސައްކަތް މިއަދު ވަނީ ފަށާފައެވެ. އޭގެ ތެރޭގައި ރަށުގެ ސިއްހީ މަރުކަޒަށް ބޭނުންވާ ޖާގައިތުރުކޮށް ހިދުމަތް ތަރައްގީ ކުރުމުގެ މަޝްރޫއު ހިމެނެ އެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ މަޝްރޫއު ގެ ތެރެއިން ސިއްހީ ހިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް އިތުރުކޮށް، ސައުވީސް ގަޑިއިރަށް ހިދުމަތް ދިނުމަށް ބޭނުންވާ މުވައްޒަފުން އިތުކޮށްދިނުމުގެ މަސައްކަތް ވެސް މިއަހަރާއި އަންނަ އަހަރު ކޮށްދެއްވާނެ ކަމަށެވެ.

މީގެއިތުރުން ނެއްލައިދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމާއި ފަސްސަތޭކަ މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމުގެ އަމަލީ މަސައްކަތް ވެސް މިއަދު ވަނީ ފަށާފަ އެވެ.

މިއީ ރިޔާސީ އިންތިހާބުގައި އަދި ފަހުންވެސް ރަށުގެ ރައްޔިތުންނަށް ކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންފައިވާ ކަންތައްތައް ކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ ދެވަނަ މަޝްރޫއެއް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވައިގެން، އެކަން ހައްލުކޮށްދެއްވާނެ ކަމަށެވެ.

މި މަޝްރޫއު ތަކަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފިޓްނަސް ސެންޓަރުގައި އިންޑޯ ކުޅިވަރު ކުޅެވޭގޮތަށް ވަސީލަތްތައް ގާއިމްކުރެވޭއިރު ރަށުގެ ފުޓްބޯޅަ ދަނޑުގައި ރޭގަނޑު ކުޅެވޭގޮތަށް ފުރިހަމަކޮށް، މިއަހަރު ނިންމަވައިދެއްވާނެ ކަމަށެވެ. މީގެ އިތުރުން އަންނަ އަހަރު އިތުރު ފުޓްސަލް ދަނޑެއްވެސް އަޅުއްވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދު ބިންގާ އެޅުއްވި މިސްކިތަކީ ފަސްސަތޭކަ މީހުންގެ ޖާގައިގެ ޒަމާނީ، ރަނގަޅު ފެންވަރުގެ، ލައިބްރަރީ އާއި ކްލާސްރޫމްތައް ވެސް ހިމެނޭނެ މިސްކިތެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރަށުގެ ސްކޫލަކީ އޭލެވެލްއަށް ކިޔަވައިދޭ ނަތީޖާ ރަނގަޅު ސްކޫލެއްކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސްކޫލަށް ބޭނުންވާ ހުރިހާ ވަޞީލަތްތައް ފުރިހަމަވާ ގޮތަށް، ސްކޫލް ތަރައްގީ ކުރުމުގެ މަޝްރޫއެއް ވެސް ނެއްލައިދޫގައި ކުރިއަށް ގެންދަވާނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ނެއްލައިދޫގައި 60 ހައުސިން ޔުނިޓް ގާއިމްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމެއްގެ އިތުރުން ނެއްލައިދޫ ޑިންގީ ޕްލެޓްފޯމް ގާއިމްކުރުމާއި މަގުހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފަ އެވެ. މީގެ އިތުރުން މިއަދު ނެއްލައިދޫގައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ހިދުމަތް ވެސް ފަށާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.