04 Mar 2025
އެޗްޑީސީގެ ޗެއާމަންކަމުން ނާސިފް ވަކިކޮށް، ވެމްކޯގެ ޗެއާމަން ކަމަށް
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޗެއަރމަން ކަމުގެ މަޤާމުގައި ހުންނެވި ސ. ހުޅުދޫ، ރިވަރސައިޑް އަޙްމަދު ނާޞިފް، އެ މަޤާމުން ވަކިކޮށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޗެއަރމަން ކަމުގެ މަޤާމަށް މިއަދު އައްޔަނުކޮށްފިއެވެ.
04 Mar 2025
ގާތްގާތުގައި ބިލު ފޮނުވަނީ ކަސްޓަމަރުންނަށް ފައިދާއަކަށް: ފަހުމީ
ސްޓެލްކޯއިން ގާތްގާތުގައި ދެ ކަރަންޓު ބިލެއް ފޮނުވަނީ، ކަސްޓަމަރުންނަށް ފައިދާއަކަށް ކަމަށާއި އެންމެ ފަހުން ފޮނުވި ބިލު ދައްކަން އިތުރު މުއްދަތު ދޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ ރޭ ވިދާޅުވެއްޖެއެވެ.
04 Mar 2025
ސުޕްރީމް ކޯޓުން ފަނޑިޔާރު ސުއޫދު އިސްތިއުފާ ދެއްވައިފި
ސުޕްރިމް ކޯޓުގެ ފަނޑިޔާރުކަމުން ހުސްނުއް ސުއޫދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
03 Mar 2025
ވިނަރެސް ފްލެޓްތަކުގެ ލިފްޓްތައް މަރާމާތުކޮށްދޭނެ ބަޔަކު ހޯދަނީ!
ހުޅުމާލެ ފޭސް ދޭއްގައި ތަރައްޤީކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ ލިފްޓްތައް މަރާމާތުކޮށްދޭނެ ބަޔަކު ހޯދުމަށް އެޗްޑީސީން އިއުލާނުކޮށްފިއެވެ
03 Mar 2025
ސައުދީން އިތުރު 10 ޓަނުގެ ކަދުރު ހަދިޔާކޮށްފި، މި އަހަރު ރާއްޖެއަށް 60 ޓަނު
މިނިސްޓްރީން މިއަދު ބުނީ ސައުދީ ސަރުކާރުން ކަދުރުގެ އިތުރު ޝިޕްމަންޓެއް ހަދިޔާ ކޮށްފައިވާ ކަމަށެވެ.
03 Mar 2025
މަގާމުގައި ތިން މަސް؛ މިފްކޯގެ ސީއީއޯ ވަކިކޮށްފި
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމުގައި ހުންނެވި ޑޮކްޓަރ ވިޓާލީ ލިއުބިމޮވް މިއަދު އެ މަގާމުން ވަކި ކުރައްވައިފި އެވެ.
03 Mar 2025
މެލޭޝިޔާގައި ދިވެއްސަކު ގެއްލިއްޖެ
އޭނާގެ ފޮޓޯއެއް އާންމުކޮށް އާއިލާ އިން ބުނީ އުސެއިދުގެ ހަބަރެއް ނުވެގެން ހޯދަމުން އަންނަ ކަމަށެވެ.
03 Mar 2025
ކޮމެޓީތަކުން މެންބަރުން ބަދަލުކުރުމަކީ އަބަދުވެސް ހިނގާ ކަމެއް، އާ ކަމެއް ނޫން: ފަލާހް
އަޒާންގެ ބަދަލުގައި މާލިއްޔަތު ކޮމިޓީއަށް ހަމަޖައްސާފައިވަނީ ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އައިފާން އެވެ. އަދި 241 ކޮމިޓީއަށް އައްޔަން ކުރީ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލެވެ.