04 Feb 2025
އުފާވެރިކަން މިންކުރުމަށް އެކުލަވާލާ އޮނިގަނޑު މިއަހަރުގެ ތެރޭގައި އާންމުކުރަނީ
ދިވެހިންގެ އުފާވެރިކަން މިންކުރުމަށް އެކުލަވާލާ އޮނިގަނޑު މިއަހަރުގެ ތެރޭގައި އާންމުކޮށް ޕައިލެޓް ޕްރޮގްރާމް މިއަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު ޚިދުމަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
04 Feb 2025
ރަށު އެކްސްޕޯ 2025 ގެ ރަސްމީ މަންޒިލަކަށް ފުވައްމުލަކު ސިޓީ
ދިވެހިރާއްޖޭގެ ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް ބާއްވާ އެންމެ ބޮޑު މައުރަޒު، ރަށު އެކްސްޕޯ 2025 ގެ ރަސްމީ މަންޒިލުގެ ގޮތުގައި ފުވައްމުލައް ސިޓީ ހަމަޖެހިއްޖެކަމަށް ދަ ޓްރެވަލް ގައިޒް އިން އިއްޔެ އިޢުލާނުކޮށްފިއެވެ.
04 Feb 2025
ހައިވޭ އެކްސިޑެންޓުގައި މީހަކު މަރުވުން: އަންހެނެއްގެ ސައިކަލު ޓޯކޮށްފި!
މިދިޔަ ހޮނިހިރު ދުވަހު ހެނދުނު ހުޅުމާލެ-މާލެ ބުރިޖު ހައިވޭގައި ހިނގި އެކްސިޑެނޓެއްގައި މީހަކު މަރުވި މައްސަލާގައި އިތުރު ސައިކަލެއް ޓޯކޮށް ދުއްވި މީހާގެ ލައިސެންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
04 Feb 2025
ސްރީލަންކާއާއިއެކު އޮތީ އިތުބާރު އޮތް ގުޅުމެއް: ރައީސް
ސްރީލަންކާއާއި ރާއްޖެއާ ދެމެދު އޮތީ އިތުބާރުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
04 Feb 2025
ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވާން އަޒުމު ކަނޑައަޅުއްވާ
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ކެންސަރު ބަލިޖެހެން މަގުފަހިވާ ކަމެއް ކަމުން، އެކަމުން ދުރުހެލިވުމަށް އަޒުމު ކަނޑައެޅުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފިއެވެ.
03 Feb 2025
ގެއްލުންވަމުން އާއި ޕީއެސްއެމް އަދި ފެނަކައަށް ފައިދާވެއްޖެ!
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއްގައި ހިންގަމުން އަންނަ ޕަބްލިކް ސާވިސް މީޑިއާ އާއި ފެނަކަ ކޯޕަރޭޝަނަށް މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ފައިދާ ވެފައިވާކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނެފިއެވެ.
03 Feb 2025
ފޭސްބުކް މާކެޓްޕްލޭސް ސްކޭމްތަކަށް ސަމާލުވާން އެދެފި
ފޭސްބުކްގައި އޮޅުވާލައިގެން ވިޔަފާރި ކުރާ މާކެޓްޕްލޭސް ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުން އިލްތިމާސްކޮށްފިއެވެ.
03 Feb 2025
ޝަރީއަތް ނިމެނެްދެން މީހުން ބަންދުކުރުމަކީ އޭގެ ޒާތުގައި މައްސަލައެއްނޫން: ތަހުޤީޤީ އިދާރާތައް
ޝަރީއަތް ނިމެނެްދެން މީހުން ބަންދުކުރުމަކީ އޭގެ ޒާތުގައި މައްސަލައެއްނޫންކަމަށާއި، މައްސަލައަކީ ބަންދުކުރާ މީހުންގެ މައްސަލަތަކުގައި ގޮތެއް ކަނޑަނޭޅި ދިގުލައިގެންދިއުންކަމަށް ތަހްޤީޤީ އިދާރާތަކުން ބުނެފިއެވެ.