ހަބަރު
28 Feb 2025
ރޯދަ މަހުގެ ބިލްތަކަށް ޑިސްކައުންޓް ދިނުމަށް ހަމަޖެހުފައިވާ ގޮތް ހާމަކޮށްފި
ރަމަޟާންމަހު، ގޭބިސީތަކުގެ ފެންބިލާއި ކަރަންޓުބިލުން ޑިސްކައުންޓް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާއި ގުޅިގެން، އެމްޑަބްލިޔުއެސްސީން ކަސްޓަމަރުންނަށް ޑިސްކައުންޓު ދިނުމަށް ހަމަޖެހިފައިވާ ގޮތް ހާމަކޮށްފިއެވެ.
28 Feb 2025
ރަޝިޔާ އެމްބެސެޑަރ އަރިހުން ރައީސް ނަޝީދު މަޢާފަށް އެދިވަޑައިގެންފި
ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ކުރަމުންދާ ހަނގުރާމައާ ގުޅިގެން އދ. ގައި މި ހަފުތާގައި ނެގި ވޯޓެއްގައި ޔޫކްރޭނަށް ތާއީދުކޮށް ރާއްޖޭން ވޯޓު ދިނުމަކީ ލިބިވަޑައިގެންނެވި ފަހުރެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން، އެކަމާ ރަޝިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލިވަން އެސް ޖަގަރްޔަން ހިތްހަމަޖެހިވަޑައިނުގެންނެވުމުން ސަފީރު އަރިހުން ނަޝީދު މަޢާފަށް އެދިވަޑައިގެންފިއެވެ.
28 Feb 2025
އޮޅު ހިޔަލަށް ބުޅާތައް ގެންދަން ފަށައިފި
މާލޭގައި އުޅޭ ބުޅާތައް ގެންދިއުމަށް ހަދާފައިވާ ކެޓް ޝެލްޓަރު، "އޮޅުހިޔާ" ފެސިލިޓީއަށް މިއަދު ބުޅާތައް ގެންދަން ފަށައިފިއެވެ.
28 Feb 2025
ރަމަޟާން މަހު މާލެ ސަރަހައްދުގައި ވިޔަފާރި މުދާ އުފުލާ ގަޑިތައް އާއްމު ކޮށްފި
ކުރިއަށް އޮތް ރަމަޟާން މަހު މާލެ ސަރަހައްދުގައި ވިޔަފާރި މުދާ އުފުލާ ގަޑިތައް އާއްމު ކޮށްފިއެވެ.
28 Feb 2025
އެމްޑީޕީ ވެރިކަމުގައި ކަންކަން ރަނގަޅު ކަމުން ވިސްނާނެ މާބޮޑު ކަމެއް ނެތް
އެމްޑީޕީ ވެރިކަމުގައި ކަންކަން ރަނގަޅު ކަމުން ޒުވާނުން ވިސްނާނެ މާބޮޑު ކަމެއް އޭރު ނެތް ކަމަށް ކުރީގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
28 Feb 2025
މާލެ ސަރަހައްދުގެ 24 މިސްކިތެއްގައި މިފަހަރު ޙިފުޡްކޮށް ތަރާވީޙް ނަމާދުކުރާނެ
މިއަހަރުގެ ރަމަޟާންމަހު މާލެ ސަރަހައްދުގެ 24 މިސްކިތެއްގައި ޙިފުޡްކޮށް ތަރާވީޙް ނަމާދު ކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
28 Feb 2025
ބޯލިން ފަދަ ކުޅިވަރުތަކާ އެކު ސަލްޓަން ޕާކު އަލުން ތަރައްގީ ކުރަނީ
ދިވެހިވަންތަކޮށް، ބޯލިން ފަދަ އާ ކުޅިވަރުތަކާ އެކު ސަލްޓަން ޕާކު އަލުން ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
27 Feb 2025
ފްލެޓް ލިސްޓަށް ޒަައްރެއްގެ މިންވަރުވެސް ނުފޫޒެއް ނުފޯރުވަން: ރައީސް
އިއްޒުއްދީން ފާލަން ހުޅުވަން މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ލިސްޓް ނެރުމުގައި އެމަނިކުފާނާއި ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތް ކަމަށެވެ.
27 Feb 2025
މަސްދަޅުކޭސް ބަހާ ގަޑިތަކަށް ބަދަލުތަކެއް!
ރަމަޟާންމަހާ ގުޅިގެން ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދިނުމަށް ނިންމި މަސްދަޅުކޭސް ބަހާ ގަޑިތަކަށް ބަދަލުގެނެސްފިއެވެ
27 Feb 2025
އެމްޓީސީސީ ފެރީ ޓާމިނަލުން ފެށިގެން އެމްއެމްއޭ އާ ހިސާބަށް ތާރުއަޅައި ތަރައްޤީކުރަނީ!
ބޮޑުތަކުރުފާނުމަގުގެ އެމްޓީސީސީ ފެރީޓާމިނަލުން ފެށިގެން އެމްއެމްއޭ އާ ހިސާބު މަގު ފުޅާކޮށް ތާރުއަޅައިގެން ތަރައްޤީކުރުމަށް ނިންމާފައިވާކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ