މަޖިލީހުގެ ރައީސް އަބްދުއްރަޙީމް : ފޮޓޯ/ މަޖިލިސް
ހަބަރު
22 Apr 2025 | 10:16
މަޖިލީހުގައި މިއަދުވެސް ކުރާނެ މަސައްކަތެއް ނެތިގެން ޖަލްސާ ކެންސަލް ކޮށްފި

ކުރާނެ މަސައްކަތެއް ނެތް ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް އެޖެންޑާނުކޮށް ނުބާއްވަން ނިންމައިފިއެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން ކޮންމެ ހަފްތާއަކު ތިން ދުވަހު ޖަލްސާއެއް ބާއްވަންޖެހެއެވެ. އާއްމުކޮށް ޖަލްސާ ބާއްވާ އުޅެނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުއެވެ. ނަމަވެސް އިއްޔެއާއި މިއަދުވެސް މަޖިލީހުގެ ޖަލްސާއެއް ނުބާއްވައެވެ. 

ޖަލްސާ ނުބޭއްވި ނަމަވެސް އިއްޔެވެސް ކޮމިޓީ ތަކުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. އަދި މިއަދުވެސް ދެ ކޮމިޓީއެއްގެ މަސައްކަތް ވަނީ އެޖެންޑާ ކޮށްފައެވެ. 

މަޖިލީހުގެ ޖަލްސާތައް ނުބާއްވާ ކެންސަލް ކުރަންޖެހޭ އަސްލު ސަބަބެއް މަޖިލީހުގެ އިދާރާއިން ހާމައެއް ނުކުރެއެވެ.

މީގެ ކުރިން ޖަލްސާތައް ކެންސަލްވާތީ މަޖިލީހަށް ރައްޔިތުންގެ ފާޑުކިޔުންތައް އަމާޒުވުމުން، މެންބަރުންނާއި، މަޖިލީހުގެ ރައީސްވެސް ވަނީ އެއަށް ރައްދު ދެއްވައި ތަޅުމުގައި މަސައްކަތް ކުރިއަށް ނުދިޔަ ނަމަވެސް، ކޮމިޓީގައި ގިނަ މަސައްކަތް ތަކެއް ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ. 

އެންމެ ފަހުންވެސް ޖަލްސާއެއް ބޭއްވީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ. 

އެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް، އާއި އެނޫން މެންބަރުން މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަޞީރު އިބްރާހީމް މަޖިލީހަށް ހާޒިރުކުރައްވައި ސުވާލު ކުރައްވާފައިވެއެވެ. 

މީގެ އިތުރުން، ބައެއް ގައުމުތަކަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަނު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.
06 Aug 2026
މައިވަންތަކަމާ ގުޅިގެން ސިކުނޑިއަށް އަންނަ ބަދަލުތައް
މައިވަންތަކަމަކީ އިންސާނާގެ ދިރިއުޅުމަށް އަންނަ އެންމެ ބޮޑު އެއް ބަދަލެވެ. ދަރިއަކު ލިބުމާއެކު، މަންމަގެ އިހުސާސްތަކާއި، އިސްކަންދޭ ކަންތައްތަކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ނިދާފައި އޮންނަ ތުއްތު ދަރިފުޅު ރަނގަޅަށް އޮތްތޯ ބެލުމާއި، ދަރިފުޅު ރޮއިގަންނަ އަޑަށް ހޭލެވުމާއި، އަބަދުވެސް ދަރިފުޅާ ގާތުގައި ހުންނަން ބޭނުންވުމަކީ އެއްވެސް ވިސްނުމަކާ ނުލައި އިޚުތިޔާރުން ބޭރުގައި މަންމައެއްގެ ކިބައިގައި އުފެދޭ ވަރުގަދަ އިހްސާސްތަކެކެވެ.
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.