16 Dec 2024
އީސީގެ މެންބަރުކަމުގެ މަޤާމަށް ޢަބްދުލްޙަސީބު ޢައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ހުޅުމާލެ ހިޔާ، 11-23-05 ޢަބްދުލްޙަސީބު އިސްމާޢީލް ޢައްޔަންކުރައްވައިފިއެވެ.
16 Dec 2024
އަލިފާނުގެ ހާދިސާއާ ގުޅުވައި އެމްޑީޕީގެ ބޮޑެތި ތުހުމަތުތަކެއް
މިިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީ އަނދައި ހުލިވި މައްސަލާގައި ބޮޑެތި ތުހުމަތުތަކެއް ކޮށް، އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅަން އެމްޑީޕީ އިން ނިންމައިފި އެވެ.
16 Dec 2024
ސްރީލަންކާ ބޮޑުވަޒީރަށް އޮޅިގެން ޓައިވާނަށް ޝުކުރު އަދާކުރެވިއްޖެ!
ޗައިނާއާއި ޓައިވާނުގެ ރަސްމީ ނަމުގެ އެއްގޮތްކަމުން، ބައެއް ފަރާތްތަކަށް މިނަންތައް އޮޅޭ ގޮތް ދިމާވުމަކީ އާއްމު ކަމެކެވެ.
16 Dec 2024
އިތުރު ތަނެއް ކުއްޔަށް ނުހިފައި، ތިން މިނިސްޓްރީ ހިންގަވަން ނިންމަވައިފި
މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި އިމާރަތް ނެތިދިޔަ ތިން މިނިސްޓްރީ ހިންގުމަށް ދާއިމީ ހައްލެއް ލިބެންދެން ތަނެއް ކުއްޔަށް ނުހިފައި، ދާއިމީ ހައްލެއް ލިބެންދެން ސަރުކާރުގެ ތަނެއްގައި މިނިސްޓްރީތަކުން ޚިދުމަތް ދިނުމަށް ވިސްނަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
16 Dec 2024
އުޅަނދުގެ ޖޫރިމަނާ ފައިސާ، ބަހާލައިގެން ދެއްކޭ ގޮތަށް ހަދައިފި
އެއްގަމާއި ކަނޑު އުޅަނދުތަކުގެ އަހަރީ ފީއާއި ޖޫރިމަނާ ބަހާލައިގެން ދެއްކޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިފިއެވެ.
16 Dec 2024
ދެ އަންހެނެއްގެ ގައިގައި އަތްލާ ޖިންސީ ގޯނާ ކުރި މީހާ ހައްޔަރުކޮށްފި
ރަސްފަންނު ސަރަހައްދުގައި ދެ އަންހެނެއްގެ ގައިގައި އަތްލާ ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ސްރީ ލަންކާއަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށްފިއެވެ.
16 Dec 2024
އެއްމަސްތެރޭ 40،000 މީހުން އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކައިފި
އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ ނޮވެންބަރު މަހު ރިޕޯޓްކޮށްފައިވާ މީހުންގެ 40،000 އަށް އަރާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
16 Dec 2024
ފްރާންސްގެ ޢާއިލާ ފޮނުވާލާތީ ގިނަބައެއް ކަންބޮޑުވުން ފާޅުކުރަންފަށައިފި
ދިވެހިރާއްޖޭގައި ވިސާ ނެތި މީގެ 12 އަހަރު ކުރިން ފެށިގެން ދިރިއުޅެމުން އަންނަ ފްރާންސްގެ މުސްލިމު އާއިލާ ރާއްޖެއިން ފުރުވާލުމަށް ނިންމި ނިންމުމާއި ގުޅިގެން ގިނަ އަދަދެއްގެ ދިވެހިން ކަންބޮޑުވުން ފާޅުކުރަންފަށައިފިއެވެ.