ހަބަރު
02 Jul 2024
އައިވީއެފް ހަދަން ޝަރުތު ހަމަވާ މީހުން ކަނޑައަޅައިފި
ދައުލަތުގެ އެހީގައި އައިވީއެފް ހެދުމަށް ޝަރުތު ހަމަވާ 37 މީހުން ކަނޑައަޅައިފިއެވެ.
02 Jul 2024
މިފްކޯއަށް ދޭ ލުއިތައް އަމިއްލަ ކުންފުނިތަކަށްވެސް ދޭންޖެހޭ
މިއަދު މަސްވެރިކަމުގެ ދާއިރާއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ޤާސިމް ވިދާޅުވީ މިފްކޯއިން ކުލި ނުނަގާނަމަ، އަމިއްލަ ސެކްޓަރުން ވެސް ދައުލަތަށް ކުލި ދައްކަން ނުޖެހޭނެ ކަމަށެވެ. އަދި މިފްކޯއަށް ދެވޭ ސަބްސިޑީ އެހެން ކުންފުނިތަކަށް ވެސް ދޭންޖެހޭނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.
02 Jul 2024
ކޮވިޑުން އަރައިގަނެވުމުގައި ޕްރައިވެޓް ސެކްޓާ އިން ބޮޑު ހޭދައެއްކުރި: ޚަލީލް
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ރާއްޖޭގެ ޞިއްޙީ ނިޒާމަށް ވަރަށް ބޮޑު ލޮޅުމެއް ކުރިމަތިވި ކަމަށާއި، އެ ހާލަތުން އަރައިގަތުމަށް ފަސޭހަވި އެންމެ ބޮޑު އެއް ސަބަބަކީ ޕްރައިވެޓް ސެކްޓަރުން ކުރި ހޭދައާއި މަސައްކަތް ކަމަށް ޞިއްޙީ ވަޒީރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
02 Jul 2024
"މުސާރައާއި އިނާޔަތްތައް އަމިއްލައަށް އަދުލުވެރިކަމާއިއެކު ކަނޑަނޭޅޭނެ"
އަމިއްލަ އަށް މުސާރައާއި އިނާޔަތްތައް ކަނޑައެޅުމަކީ އަދުލުވެރިކަމާއި އެކު އެކަން ކުރެވޭނެ ގޮތް ނޫންކަމަށް އަލީ ރަމީޒް ވިދާޅުވެއްޖެއެވެ.
02 Jul 2024
3 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދައްކަން އެފްއޭއެމް އަށް ހުކުމެއް
ކޮރަޕްޝަންފަދަ ގިނަ ތުހުމަތުތަކެއް މިހާރުވެސް ކުރެވިފައިވާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މީހަކަށް 3 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
02 Jul 2024
"ސަމޯއާ އެގްރީމެންޓްގައި ސޮއިކުރީ ފުށުއަރާ މާއްދާތަކަށް ރެޒަވޭޝަން ހުށަހަޅާފައި"
ދިވެހިރާއްޖެއިން، އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް.) ގެ "ސަމޯއާ އެގްރީމަންޓް" ގައި ސޮއި ކުރީ، އިސްލާމްދީނާއި ފުށުއަރާ މާއްދާތަކަށް ރެޒަވޭޝަން ހުށަހެޅުމަށްފަހު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
02 Jul 2024
ރޯގާ ފެތުރޭއިރު، ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
މިދުވަސްވަރަކީ ރާއްޖޭގައި ރޯގާ އާއްމުވަމުންދާ ދަނޑިވަޅަކަށްވާތީ، މިފަދަ ދުވަސްވަރުގައި ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.
02 Jul 2024
ރާއްޖޭގެ 20 އިމާމަކު ތަމްރީނަށް ބުރޫނާއިއަށް ފޮނުވަނީ
އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ އިމާމުންނާއި ޚަތީބުންނަށް ތަމްރީން ދިނުމުގެ ޕްރޮގްރާމް ގެ ދަށުން،ރާއްޖޭގެ 20 އިމާމަކު އިތުރު ތަމްރީނު ހޯދުމަށް ބުރޫނާއިއަށް ފޮނުވުމަށް ހަމަޖެހިއްޖެއެވެ.