އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީ ފިނޭންސް މިނިސްޓަރ އިބްރާޙީމް އަމީރު ވާހަކަ ދައްކަވަނީ: ފޮޓޯ/ އެމްޑީޕީ
ހަބަރު
25 Aug 2024 | 11:23
އަޅުގަނޑުމެންގެ ވެރިކަން ނިމުނުއިރު އިގްތިޞާދު އޮތީ ހަމައަކަށް އެޅި އިތުރަށް ފުޅާވެފައި: އަމީރު

އެމްޑީޕީގެ ވެރިކަން ނިމުނު އިރު، ދިވެހިރާއްޖޭގެ އިޤްތިޞާދު އޮތީ ހަމައަކަށް އެޅި އިތުރަށް ފުޅާވެފައިވާ ކަމަށް އެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިބްރާޙީމް އަމީރު ވިދާޅުވެއްޖެެއެވެ. 

ރާއްޖޭގެ އިގްތިޞާދީ ޙާލަތާއިމެދު ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ، މި ސަރުކާރުގެ ނާގާބިލު ކަމުގެ ސަބަބުން، ރާއްޖޭގެ މާލީ ސިޔާސަތުތައް ފެއިލްވަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ ދަރަނި ބޮޑުވެ، މިއިން ޒަމާނަކު ރިޒާވް ދަށް ނުވާ މިންވަރަށް ދަށްވެފައިވާ ކަމަށާ، ސަރުކާރުން މާލީ ކަންކަން ސިއްރު ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

މިކަން ކަމުގެ ތަފްސީލް ހާމަކުރައްވަމުން އަމީރު ވިދާޅުވީ، ނިމިދިޔަ ވެރިކަމުގައި ރާއްޖެއަށާ ދުނިޔެއަށްވެސް މިހާތަނަށް ކުރިމަތުވެފައި ނުވާވަރަށް އިގްތިޞާދީ ދަތިތަކާއި ކުރިމަތިވި ކަމަށެވެ. އެގޮތުން، ކޮވިޑްގެ ބަލި މަޑުކަމާއި، ރަޝިއާ-ޔުކްރެއިން ހަނގާމައިގެ ސަބަބުން މުޅި ދުނިޔެއަށްވެސް އިގްތިޞާދީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހުނު ކަން އޭނާ ފާހަގަކުރެއްވިއެވެ. 

އެކަމަކު އަޅުގަނޑުމެން އެކަންކަމަށް އެކަށޭނެ ފިޔަވަޅުތައް އަޅައި، އަޅުގަނޑުމެން އިގްތިޞާދު ހަމަމަގަށް އެޅުވިން. އެމްޑީޕީ ވެރިކަމުގައި މިދިޔަ ފަސް އަހަރުގައި ކޮވިޑް 19 އަދި އޭގެ ފަހުން ޔުކްރެއިން ހަނގުރާމައާއި އެކު ދިމާވި ދަތިތަކުން އަރައިގަނެ، އަޅުގަނޑުމެން ސަރުކާރު ބަދަލުވިއިރު، އިގްތިޞާދު ހަމަމަގަށް އަޅުވާފައި، 2019 ވަނަ އަހަރު، އަޅުގަނޑުމެންނާ ވެރިކަން ހަވާލުވިއިރު އޮތް އިގްތިޞާދަށްވުރެ ބޮޑު ފުޅާ އިގްތިޞާދެއް މި ސަރުކާރާ ހަވާލުވިއިރު ދިނިން

ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު

މީގެ އިތުރުން، ކޮވިޑާއި، ރަޝިޔާ-ޔުކްރެއިން ހަމގުރާމައިގައި ކުރިމަތިވި އިގްތިޞާދީ ޝޮކް ތަކާއެކު، ދަރަނި ނަގައިގެންވެސް އެ ގޮންޖެހުންތަކުން ސަލާމަތްވުމަށް މަސައްކަތްލކުރެއްވި ކަމަށް އަމީރު ވިދާޅުވިއެވެ. 

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީ ފިނޭންސް މިނިސްޓަރ އިބްރާޙީމް އަމީރު ވާހަކަ ދައްކަވަނީ: ފޮޓޯ/ އެމްޑީޕީ

އޭގެ ކާމިޔާބީއަކީ، 2021 ވަނަ އަހަރު ރާއްޖޭގެ އިގްތިޞާދު 42 ޕަސެންޓް ގްރޯވެ، 2023 ވަނަ އަހަރު ގާތްގަނޑަކަށް 13 ޕަސެންޓް އިގްތިޞާދު ކުރިއަރައި ދިޔަ. 

ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު

އަމީރު މިފަދައިން ވިދާޅުވެފައިވާއިރު، މިދިޔަ ފަސް އަހަރުގައި، ދަރަނި ދެއްކުމަށްވެސް ދަރަނި ނަގައި، ފާއިތުވެދިޔަ 40 އަހަރު ސަރުކާރަކުން ނުއުފައްދާ މިންވަރަށް ދަރަނި އުފައްދާފައިވާ ކަމަށް އަދުގެ ސަރުކާރުން ބުނެއެވެ. 

އެގޮތުން، މިދިޔަ ސަރުކާރު ނިމުނު އިރު ރާއްޖޭގެ ޖުމްލަ ދަރަނި 120 ބިލިއަނަށް އަރާފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. 

ކޮމެންޓް
ސ.
ތިވެރިކަން ނިމުނުއިރު ރާއްޖެއޮތީ ދުވަހަކުވެސް ސަލާމަތްނުވާވަރަށް ދަރުވާލާފަ. ދެންކޮން ދޮގުވާހަކައެއް ތިދައްކަނީ އޮޅުވާލަން.
25 Aug 2024
އަހުދުނާމާ
އެހެންވެ ވޯލްޑް ބެންކުން ނެރުނު ރިޕޯޓަކީ އެތާ ކުނިކަހާ މީހާކަމައްވ ބުނީވެސް އަދި އެރިޕޯޓްގަ އޮތް 2024 އާ 2025 ބޮޑު އަދަދެއް ލޯނައް ދައްކަން ޖެހޭ ވާހަކަ ވެސް
25 Aug 2024
ގުޅޭ ލިޔުންތައް
06 Oct 2026
އައިޖީއެމްއެޗުން 50 އަށް ވުރެ ގިނަ ސިއްހީ މާހިރުން ކާރިސާ މެނޭޖްމަންޓަށް ތަމްރީނުކޮށްފި
މި ޕްރޮގްރާމުގައި ބައިވެރިން ވަނީ، ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ އަނިޔާވާ ހާލަތްތަކުގައި (މާސް ކެޝުއެލްޓީ އިންސިޑެންޓް - އެމްސީއައި) ބޭނުންކުރާ މުޅިން އައު ޓްރައެޖް ނިޒާމެއް ތަޖުރިބާކޮށްފައެވެ.
06 Oct 2026
ފްލައިދުބާއީގެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި: ރިޕޯޓް
ދުބާއީން ފުރައިގެން އިސްރާއީލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ މަތިންދާބޯޓެއްގެ ކޮކްޕިޓް ތެރޭގައި ކެޕްޓަނަށް ހަމަލާދިނުމާ ގުޅިގެން، 150 އަށް ވުރެ ގިނަ އިސްރާއީލުގެ މީހުން ދަތުރުކުރި އެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި ކަމަށް ސީބީއެސް ނިއުސް އިން ހޯމަ ދުވަހު ރިޕޯޓްކޮށްފިއެވެ.
06 Oct 2026
މޮޅަދޫ ކައުންސިލްގެ ސެޕްޓެމްބަރު މަހުގެ އާމްދަނީގެ 91 އިންސައްތަ ލިބިފައިވަނީ ހިލޭ އެހީން
އެ ކައުންސިލުން މިއަދު އާންމުކުރި އާމްދަނީ ރިޕޯޓުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހުގެ ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 91 އިންސައްތައަކީ ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާއެވެ.
06 Oct 2026
ފަލަސްތީން ދަނޑުވެރިއްގެ ބިމުގައި އިސްރާއީލުން ފެންގަނޑެއް ތަރައްގީކުރަން ފަށައިފި
އިސްރާއީލުގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް އާދީއްތަ ދުވަހު ސޯޝަލް މީޑިއާ މެދުވެރިކޮށް މި މަޝްރޫއު ފެށިކަން އިއުލާނުކޮށް، ތާރީހީ ތަންތަނުގެ މައްޗަށް އިސްރާއީލުގެ ބާރު ހިންގުން ވަރުގަދަކުރުމުގެ ބޮޑު ޕްލޭނެއްގެ ބައެއް ކަމަށް ސިފަކޮށްފައިވެއެވެ. ހުޅަނގު އައްސޭރީގައި ގާނޫނާ ހިލާފަށް ވަޒަންވެރިވެގެން ތިބޭ ބައެއް ކަމަށްވާ ސްމޮޓްރިޗް ޕޯސްޓުގައި ފަލަސްތީނު ބިން ފަތަހަކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކީ ކުރިއަށްދާ ކަމަށް ފާހަގަކޮށްފައިވެއެވެ. މި އިއުލާނުގެ ކުރިން ޖޫން މަހު ސްމޮޓްރިޗް ވަނީ، މި ސައިޓު ތަރައްގީކުރުމަށް ތިން މިލިއަނަށް ވުރެ ގިނަ ޝެކެލް (ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރު) ހަރަދުކުރާނެ ކަމަށް ވައުދުވެފައެވެ.
06 Oct 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބާރު ލިބިދޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
06 Oct 2026
އެމްއެންޔޫގެ ފިއުޗާ ރެޑީ ސީރީޒްގެ ދެވަނަ ސެޝަން މިއަދު ބާއްވައިފި
މި ސެޝަނުގައި ދަރިވަރުންނަށް އެ ކުދިންގެ ޝައުގުވެރިކަމާއި ހުނަރާ މެދު ވިސްނާލުމުގެ ފުރުސަތު ލިބުނެވެ. އޭގެ އިތުރުން، ކިޔެވުމުގެ ސްޓްރީމް ހިޔާރުކުރުމާއި ޔުނިވާސިޓީ ލެވެލްގެ ފުރުސަތުތަކާއި ކެރިއާގެ މަގުތަކާ ބެހޭ މައުލޫމާތު ދަރިވަރުންނާއި އާއިލާތަކަށް ފޯރުކޮށްދީފައިވެއެވެ.
06 Oct 2026
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް
ފުލުހުން ބުނެފައިވާ ގޮތުން، ގދ. ގަމުގައި، އަލީ ޝަޒީނު ދަނޑުވެރިކަން ކުރަމުންދިޔަ ސަރަހައްދެއްގައި މަސްތުވާތަކެތި ރައްކާކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ތަން ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ބާވަތްތަކާއި ބަނގުރާ ފެނިފައިވެއެވެ.
06 Oct 2026
ފަހަތުން އަރައި، ފްރާންސުން ބެލްޖިއަމް ބަލިކޮށްފި
މި ނަތީޖާއާއެކު ފްރާންސް އޮތީ ގްރޫޕް އޭ1 ގެ އެއްވަނައިގައި 10 ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތީ ރޭ ތުރުކީއާ ބައްދަލުކޮށް 3-1 އިން މޮޅުވި އިޓަލީއެވެ. ބެލްޖިއަމް މިހާރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ