ޕީއެސްއެމްގެ އައު އެމްޑީ، ސައީދު
ހަބަރު
24 Aug 2024 | 23:31
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް މުހައްމަދު ސައީދު އައްޔަނުކޮށްފި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް މުހައްމަދު ސައީދު އައްޔަނުކުރައްވައިފިއެވެ.

ޕީއެސްއެމަށް އައު މެނޭޖިންގ ޑިރެކްޓަރަކު އައްޔަނުކުރިކަން ވޮއިސްއަށް ވަނީ، އެތަނުގެ ސީނިއާ މުއައްޒަފަކު ކަށަވަރުކޮށްދީފައެވެ.

ޕީއެސްއެމްގެ މެނޭޖުމަންޓުން މިހާރު ވަނީ އެކަން، ރަސްމީކޮށް މުއައްޒަފުންނަށްވެސް އަންގާފައެވެ. މިގޮތުން ޕީއެސްއެމްގެ މުއައްޒަފުންނަށް ކުންފުނީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުން ކުރި މެސެޖެއްގައި ބުނެފައިވަނީ، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމާއި މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ގ.ދިލްކަޝް، މުހައްމަދު ސައީދު، މިއަދު ޕީސީބީން އައްޔަނުކުރައްވާފައިވާކަމަށެވެ.

މުހައްމަދު ސައީދަކީ މީގެ ކުރިން ދައުލަތުގެ އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. މިގޮތުން އޭނާ ވަނީ އެޑިއުކޭޝަން މިނިސްޓްރީގައި ތަފާތު އެކި މަގާމުތައް ފުރުއްވާފައެވެ. މީގެ ތެރޭގައި ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި ޕާމަނަންޓް ސެކެޓްރީކަން ހިމެނެއެވެ.

މުޙައްމަދު ސަޢީދު ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބޯލްޓަންއިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލް ކުރައްވާފައެވެ.

ޕީއެސްއެމްގެ އެމްޑީކަމުގެ މަގާމަށް ސައީދު ހަމަޖައްސަވާފައިވަނީ މިހާތަނަށް އެ މަގާމުގައި ހުންނެވި ޒީނާ ޒާހިރު މަގާމުން އިސްތިއުފާދެއްވުމުންނެވެ. ޒީނާ މަގާމުން އިސްތިއުފާދެއްވި ސަބަބެއް ސީދާ ހާމައެއް ނުކުރެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.