އިކޮނޮމިކް މިނިސްޓަރު ސައީދު
ހަބަރު
24 Aug 2024 | 22:46
ވަކި މީހަކަށްވުރެ، ޤައުމުގެ މަސްލަހަތު މާމުހިއްމު: ސައީދު

ވަކި މީހަކަށްވުރެ ޤައުމުގެ މަސްލަހަތު މާމުހިއްމުކަމަށް މި ސަރުކާރުގެ އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒުއަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ކުރީގެ އިކޮނިމިކް މިނިސްޓަރު އަދި މިހާރު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. އަދި ވިދާޅުވެފައިވަނީ، މާލީ ހާލަތު މިހާރު އޮތްގޮތުން އާއިޝަތު ނޫރައްދީން ފަދަ ބޭންކިން ދާއިރާގެ ތަޖުރިބާކާރު ބޭފުޅަކު ވަކިކުރެއްވުމަކީ މާނައެއްހުރި ކަމެއް ނޫންކަމަށެވެ.

ފައްޔާޒް ވިދާޅުވީ، އާއިޝަތު ނޫރައްދީން ފަދަ ބޭފުޅަކު ވަޒީފާއިން ވަކިކުރުމަކީ އެކަމުގެ ސަބަބުން ބައިނަލްއަޤްވާމީ ފަރާތްތަކުގެ މެދުގައިވެސް ބޭންކާމެދު ނުތަނަވަސްކަން އުނފެދޭނެ ކަމެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ އިޤްތިސާދުގެ ޔަގީންކަން ކުޑަވުމެއްކަމަށް ފައްޔާޒް ސިފަކުރެއްވިއެވެ.

މިކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީ ވެރިކަމުގައި 100 އަހަރާ ނުބައްދަލު ދަރަނިތައް ނަގައި އަޑިނޭނގޭ ފުންމިނަށް ޤައުމު ވައްޓާލިކަމަށެވެ. މުޅި ނިޒާމް، އެފުއްމިފުށަށް ޖަހައި ޤައުމުގެ މާލިއްޔަތު އަނދަވަޅަކަށް ވައްޓާލީ އެމްޑީޕީން ކަމަށް ސައީދު ތުހުމަތުކުރެއްވިއެވެ.

ފައްޔާޒްގެ އެކްސް ޕޯސްޓްގައި އޭނާ ވަނީ ސަރުކާރުން މާލީ ނިޒާމުގެ ތެރެއަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށް ގޮވާލާފައެވެ. އެމްޑީޕީން ތުހުމަތު ކުރާގޮތުގައި ސަރުކާރުން ދަނީ މާލީ ނިޒާމްގެ ތެރެއަށް ނުފޫޒު ފޯރުވައި ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.