އާއިޝަތު ނޫރައްދީން
ހަބަރު
24 Aug 2024 | 22:08
ޤައުމީ ބޭންކުގެ ބޯޑް ޑިރެކްޓަރުކަމުން އާއިޝަތު ނޫރައްދީން ވަކިކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ ބޯޑް ޑިރެކްޓަރުގެ މަގާމުން އާއިޝަތު ނޫރައްދީން ވަކިކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަތައިޒޭޝަން ބޯޑު (ޕީސީބީ) އިން އާއިޝަތު ނޫރައްދީން ވަކިކުރިކަން އަންގައި، އޭނާއަށް ރަސްމީކޮށް އެކަން އަންގާފައިވަނީ މިދިޔަ ބްރާސްފަތި ދުވަހުކަމަށް ވޮއިސްއަށް ވަނީ މައުލޫމާތު ލިބިފައެވެ.

ބީއެމްއެލްއަކީ ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްފައިވާ ކުންފުންޏަކަށް ވާތީ ބޯޑުން ޑިރެކްޓަރަކު ވަނިކުރުމަށްފަހު އައްޔަނުކުރުމަށް ހިއްސާދާރުންގެ ޖަލްސާއަކުންނެވެ.

އާއިޝަތު ނޫރައްދީނަކީ ބީއެމްއެލްގެ އެންމެ ދުވަސްވީ އެއް މުއައްޒަފެވެ. އާއިޝަތު ނޫރައްދީން ބީއެމްއެލް އާ ގުޅިނީ 1982 ވަނަ އަހަރެވެ. މިއަހަރަކީ އޭނާ ބީއެމްއެލްގައި ހޭދަކުރާ 42 ވަނަ އަހަރެވެ. މައި ހިއްސާދާރުގެ ފަރާތުން ތަމްސީލްކުރާ ޑިރެކްޓަރެއްގެ އިތުރުން އާއިޝަތު ނޫރައްދީނަކީ ބީއެމްްއެލްގެ ޑެޕިއުޓީ ސީއީއޯވެސް މެއެވެ. ބީއެމްްއެލްގެ މައި ހިއްސާދާރަކީ ސަރުކާރެވެ.

ބީއެމްއެލްގެ ބޯޑުން އާއިޝަތު ނޫރައްދީން ވަކިކުރުމާ ގުޅޭގޮތުން ޕީސީބީއަކުންވެސް އަދި ބީއެމްއެލްއަކުންވެސް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.