ފަލަސްތީން
31 Jul 2024
ހަނިއްޔާ އަވަހާރަކޮށްލަން ދިން ހަމަލާގެ ބަދަލު ހިފާނެކަމުގެ އިންޒާރު!
ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރަމުންދާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ އިސްވެރިޔާ އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލަން ޔަހޫދީން އީރާނުގެ ވެރިރަށް ތެހެރާން އަށް ދިން ހަމަލާގެ ބަދަލު ހިފާނެ ކަމަށް އީރާނުގެ އައު ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ.
31 Jul 2024
ހަމާސްގެ ސިޔާސީ ގޮފީގެ އިސްވެރިޔާ އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލައިފި
އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑުން ދިން ބަޑީގެ ހަމަލާތަކެއްގައި، ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރަމުންދާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ އިސްވެރިޔާ އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލައިފިއެވެ.
29 Jul 2024
ތުރުކީން އިސްރާއީލަށް އަރާފާނެކަމުގެ އިޝާރާތެއް!
ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ތުރުކީން އިސްރާއީލަށް އަރާފާނެކަމުގެ އިޝާރާތެއް ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ދެއްވައިފިއެވެ.
28 Jul 2024
ޣައްޒާގެ ސްކޫލަކަށް ޔަހޫދީން ހަމަލާދީ 30 މީހުން ޝަހީދުކޮށްލައިފި
ޔަހޫދީންގެ ގަތުލުއާއްމާއި ގުޅިގެން ގެދޮރު ގެއްލިފައިވާ މީހުން ބޯހިޔާވަހިކަމަށް ބޭނުންކުރެވެމުންދިޔަ، ޣައްޒާގެ ސްކޫލަކަށް ހައްދުފަހަނައަޅާފައިވާ ޔަހޫދީން ހަމަލާދީ 30 މީހުން ޝަހީދުކޮށްލައިފިއެވެ.
25 Jul 2024
"ނަތަންޔާހޫގެ ވާހަކަތަކުން ގަތުލުއާއްމު ހުއްޓާލަން ބޭނުންނުވާކަން ހާމަވޭ"
އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ކޮންގްރެސްގައި ދެއްކި ވާހަކަތަކުން ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމު ހުއްޓާލަން ބޭނުންނުވާކަން ހާމަވާކަމަށް ހަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ ސާމީ އަބޫ ޒުހްރީ ވިދާޅުވެއްޖެއެވެ.
25 Jul 2024
ދިވެހީންގެ އެހީއާއިއެކު، ޣައްޒާގައި ސިއްހީ މަރުކަޒެއް ބިނާކުރަނީ
ދިވެހީންގެ އެހީއާއިއެކު، ޣައްޒާގެ ސިއްހީ މަރުކަޒެއް އަލުން ބިނާކުރުމުގެ މަސައްކަތް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ފަށައިފިއެވެ.
23 Jul 2024
ފަލަސްތީނުގެ ޖަމާއަތްތައް އެއްބައިވުމުގެ އެއްބަސްވުމަކަށް!
ޗައިނާގެ އެހީއާއިއެކު، ފަލަސްޠީނުގެ ޖަމާޢަތްތަކުން "ޤައުމީ އެއްބައިވަންތަކަމުގެ" އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
20 Jul 2024
އައިސީޖޭގެ ލަފަޔަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ
ފަލަސްޠީނުގެ މުސްލިމުން އަޅުވެތި ކޮށް، ޔަހޫދީ ޣައިރު ގާނޫނީ ދައުލަތް، އިސްރާއީލުން ހިންގަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ސިޔާސަތުތަކެއްކަމަށް އައިސީޖޭ އިން ކަނޑައަޅައެޅުމާއިއެކު، ފަލަސްތީނުގައި މިނިވަން ދައުލަތެއް އުފެދުމުގެ އުންމީދު އާވެގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.