01 May 2024
ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަޙްޤީގުކުރަނީ
ދެކުނުގެ ރަށެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ އެއް ފުލުހުން ތަޙްޤީގުކުރަން ފަށައިފިއެވެ. ފުލުހުން މިރޭ މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ހުވަދުއަތޮޅާއި، ޏ. އަދި ސ. އަތޮޅުގައި ހިމެނޭ ރަށެއްގައި ޢުމުރުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ފުލުހަށް ހުށަހަޅާފައިވާކަމަށެވެ.