22 Nov 2022
"އައްޑޫ ސިޓީން ހައްޔަރުކުރި މީހެއްގެ ގެއިން އެކްޕްލޯސިވް ކެމިކަލް ފެނުނު"
އައްޑޫ ސިޓީން ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓްއަށް ތާއީދުކުރާ ކަމަށް ބުނެ ހައްޔަރުކުރެވުނު މީހުންގެ ތެރެއިން މީހެއް ދިރިއުޅޭ ގެއެއް ބަލައިފާސްކޮށްގެން ތިން ބާވަތެއްގެ ނުރައްކާތެރި އެކްސްޕްލޯސިވް ކެމިކަލް ފެނިފައިވާ ކަަމަށް ފުލުހުން ބުނެފިއެވެ.
21 Nov 2022
ނިރުފެހިގެއިން ފެނުނު ފައިތިލައިގެ ޑީއެންއޭ ސާމްޕަލް ނަގައި ތަހުލީލު ކުރަނީ
މި މަހުގެ 10 ވަނަ ދުވަހުގެރޭ މ.ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު ޢިމާރާތް ސާފުކުރަމުންދަނިކޮށް ފެނުނު ފައިތިލައިގެ ޑީއެންއޭ ސާމްޕަލް ނަގައި އެއީ ކާކުގެ ފައިތިލައެއްތޯ ބެލުމަށް ތަހުލީލު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
18 Nov 2022
13 ކިލޯގެ ޑްރަގާއި ގިނަ އަދަދެއްގެ ފައިސާ އަތުލައިގެންފި!
މާލެ އާއި ހުޅުމާލޭގައި ފުލުހުން ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން 13 ކިލޯގެ ޑްރަގްސްއާ އެކު ގިނަ އަދަދެއްގެ ފައިސާ އަތުލައިގެންފި އެވެ.
16 Nov 2022
"މުޒާހަރާތައް ރޫޅާނުލާތީ ޢާއްމުންގެ ފަރާތުން ގިނަ ޝަކުވާތަކެއް އާދޭ"
ބައެއް ފަރާތްތަކުން ކުރިއަށް ގެންދާ އިހްތިޖާޖު ތަކާއި އެއްވުންތަކާއު ގުޅިގެން އާއްމު ފަރުދުންނަށް އުނދަގޫވާތީ، އެފަދަ އެއްވުންތައް ފުލުހުން ރޫޅާ ނުލައިގެންވެސް އާއްމުން ޝަކުވާ ކޮށްފައިވާކަމަށް ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވެއްޖެއެވެ.
14 Nov 2022
"ހައްޔަރުކުރި މީހުން އުޅުނީ އައިއެސް އާއި ގުޅިގެން ގިނަބަޔަކު މަރާލަން"
އައްޑުއާއި މާލެއާއި ކ. ގުރައިދޫގައި ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހުން ރާވަމުންދިޔައީ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތާއި ގުޅިގެން ޓެރަރިސްޓު ހަމަލާއެއްދީ ގިނަ ބައެއްގެ ފުރާނަ ގެއްލުވާލަން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
14 Nov 2022
ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން ފޯނެއް ގަންނަން އުޅުނު މީހަކު ހައްޔަރުކޮށްފި
ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން މަކަރާއި، ހީލަތުން މޯބައިލް ފޯނެއް ގަންނަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
13 Nov 2022
ހައްޔަރު ކުރި ޑީއީޑީގެ ފުލުސް އޮފިސަރު ސަސްޕެންޑް ކޮށްފިން: ފުލުހުން
ދާދި ފަހުން ފުލުހުން ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި 12 މީހުންގެ ތެރޭގައި ހިމެނޭ ޑީއީޑީގެ ޑްރަގް ސްޓޮކް ބަލަހައްޓާ އޮފިސަރު، ސަސްޕެންޑު ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
13 Nov 2022
އަލިފާނުގެ ހާދިސާގައި ނިޔާވި 10 ވަނަ މީހާ ދެނެގަނެވިއްޖެ!
ނޮވެމްބަރު 19 ވަނަ ދުވަހުގެ ރޭ ދަންވަރު މ. ނިރުފެހިގައި އަލިފާން ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ނިޔާވި ދިހަ ވަނަ މީހާގެ ޖިންސާއި ގައުމު ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.