ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު--
ހަބަރު
11 May 2023 | 19:22
އުކުޅަހު ސަފާރީ މައްސަލަ: ހަފްތާއެއް ފަހުން ކޯޓު އަމުރު ހޯދައިގެން ބެލިއިރު ރާ ފުޅި ނުފެނުނު

އއ. އުކުޅަހު ބަނދަރުގައި އޮތް ރާ ވިއްކާ ކަމަށް ތުހުމަތު ކުރެވޭ ސަފާރީ އާއި ގުޅިގެން ރައްޔިތުން ކަންބޮޑުވުން ފާޅުކުރަންފެށިތާ ހަފްތާއެއް ފަހުން، ކޯޓު އަމުރު ނެރެގެން ފުލުހުން އެ ސަފާރީ ބަލައި ފާސްކޮށްފި އެވެ. 

އުކުޅަހު ފަޅުން ބޭރުގައި އޮތް އިރުވެސް ރާ ވިއްކާ ކަމަށް މީގެ ކުރިން ތުހުމަތު ކުރެވިފައިވާ "ޒެޑް ކުރޫޒާ" ނަމަކަށް ކިޔާ މި ސަފާރީ މަރާމާތަށް ކަމަށް ބުނެ އެ ރަށު ބަނދަރަށް ވައްދާފައިވަނީ މިމަހުގެ 2 ވަނަ ދުވަހުގެ ރޭގައި ކަމަށް އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް ވަނީ ވޮއިސް އަށް މައުލޫމާތު ދެއްވާފައެވެ. އަދި އެ ސަފާރީ ބަނދަރަށް ވައްދާފައިވަނީ ކައުންސިލުން ހުއްދަ ނުވެސް ދެނިކޮށް ކަމަށާ، އެއިން ރަށަށް ރާ ވިއްކާ ކަމަށް އެރަށު ރައްޔިތުން ތުހުމަތު ކުރާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

އަދި އެ ސަފާރީ މީގެ ކުރިން ފަޅުން ބޭރުގައި އޮތް އިރުވެސް ވަރަށް ފާޅުކަން ބޮޑުކޮށް ރާ ވިއްކުމުގެ ކަންކަން ކުރިކަން އޭނާ އާއި އެރަށުގެ މީހުންނަށްވެސް އެނގޭކަން ކައުންސިލް ރައީސް ވަނީ ރައްޔިތުންނާއިއެކު ބޭއްވުނު ބައްދަލުމުގައި ފާހަގަކުރައްވާފައެވެ.

މި މައްސަލާގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށް މިމަހު 6 ވަނަ ދުވަހުން ފެށިގެން އުކުޅަހު ކައުންސިލާއި ފުލުހުންނާއި އެކު އެފަރާތްތަކުން ވަނީ ވާހަކަދައްކައި، ސަފާރީ ބޭރު ކުރެވޭނެ ގޮތަކާއި މެދު މަޝްވަރާ ކޮށްފައެވެ. 

އަދި މައްސަލަ ރިޕޯޓް ކޮށްފައިވޭތޯ އާއި އެކަމާއި ގުޅިގެން ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ ބެލުމަށް މިމަހު 7 ވަނަ ދުވަހުން ފެށިގެން "ވޮއިސް" އިން ވެސް ފުލުހުންނާއި ސުވާލު ކޮށްފައިވާއިރު މައްސަލަ ރިޕޯޓް ނުކުރާ ކަމަށް ބުނުން ފިޔަވައި އިތުރު އެއްޗެއް ފުލުހުން ވިދާޅުނުވެއެވެ. 

އެއަށްފަހު މައްސަލަ ހޫނުވެ، ރައްޔިތުން ކައުންސިލް ބަންދުކޮށް، ރަށުގެ ނެރުވެސް މިއަދު ބަންދު ކޮށްފައިވާއިރު، އެކަމާއި ގުޅިގެން މިއަދު ވޮއިސް އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ސަފާރީން ބަނގުރާ ވިއްކާ ކަމުގެ ޝަކުވާ ލިބެމުންދާތީ މިމަހު 8 ވަނަ ދުވަހު ސަފާރީ ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެދުވަހު ބަލައި ފާސްކުރިއިރު ތުހުމަތު ކުރެވޭފަދަ އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. 

"ނަމަވެސް ސަފާރީ ފަޅުތެރެއިން ނެރުމަށް ރައްޔިތުން އެދެމުންދާތީ ކައުންސިލުން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވޭ. އެހެން ކަމުން މިކަމުގައި ކައުންސިލަށް އަމަލުކުރެވިދާނެ ގޮތުގެ ލަފާ ފުލުހުން ވާނީ ދީފައި." މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. 

މިއާއެކު ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ސަފާރީ ފަޅުގައި އޮތުމުން ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކުރަމުންދާތީ ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.