އުކުޅަހު ކައުންސިލްގެ ދޮރު ބަންދު ކޮށްފައި
ހަބަރު
11 May 2023 | 12:51
ސަފާރީ މައްސަލަ ހޫނުވެ އެސްއޯ ފުލުހުން އުކުޅަހަށް! ރައްޔިތުން ކައުންސިލް ބަންދުކޮށްފި!

އއ. އުކުޅަހު ބަނދަރުގައި އޮތް ރާ ވިއްކާ ކަމަށް ތުހުމަތު ކުރެވޭ ސަފާރީ ބަނދަރުން ނުނެރޭތީ އެ ރަށުން ރައްޔިތުން ނުކުމެ ކައުންސިލްގެ ދޮރު ބަންދު ކޮށްފިއެވެ. 

އުކުޅަހުން "ވޮއިސް" އަށް މައުލޫމާތު ދެއްވި ފަރާތެއް ވިދާޅުވީ, ސަފާރީ ބަނދަރުން ނުނެރޭތީ އެ ރަށު ރައްޔިތުން ވަނީ ކައުންސިލްގެ ދޮރުމަތީގައި ޑިންގީއެއް ބާއްވައި ކައުންސިލަށް ވަންނަ ދޮރު ބަންދުކޮށްފައެވެ. އެގޮތުން، ކައުންސިލް ދޮރުމަތީގައި ބާއްވާފައި އޮތް ޑިންގީގެ ފޮޓޯއެއް ވޮއިސް އަށް ލިބިފައިވާއިރު އެ ޑިންގީގައި ބޮޑުކޮށް "ރ ސަފާރީ" ލިޔެ، ހުސްފުޅިތަކެއްވެސް ބަހައްޓާފައި ހުއްޓެވެ. 

އުކުޅަހު ނެރު ބަންދު ކޮށްފައި

އަދި މީގެ އިތުރުން، ރެއިން ފެށިގެން ރައްޔިތުން ވަނީ އެ ރަށުގެ ނެރުވެސް ބަންދު ކޮށްފައި ކަމަށް ވޮއިސްއަށް މައުލޫމާތު ދެއްވާފައިވާއިރު، ފޮޓޯ ތަކުން ފެންނަ ގޮތުން، ނެރުން ބޭރަށް އަދި އެތެރެ އަށް އެއްވެސް އުޅަނދަކަށް ވަދެ ނުކުމެ ނުހެދޭނެ ގޮތަށް ވަނީ ޑިންގީ އާއި ދޯނިތައް އެތަނުގައި އަޅާފައެވެ. 

އުކުޅަހު ނެރު ބަންދު ކޮށްފައި

އެ މައްސަލާގައި މިއަދުގެ ވަގުތެއްގައި އެސްއޯ ފުލުހުންވެސް އުކުޅަހަށް ގޮސްފައިވާއިރު އެ ކަމާއި ގުޅިގެން "ވޮއިސް" އިން ފުލުހުންނާއި ކުރި ސުވާލަށް އަދި ޖަވާބު ލިބޭ ގޮތެއް ނުވެއެވެ. 

ނަމަވެސް އުކުޅަހުން ވޮއިސް އަށް މައުލޫމާތު ދެއްވި ފަރާތެއް ވިދާޅުވީ، އެސްއޯ ފުލުހުން އެ ރަށަށް ގޮސްފައިވަނީ ރަށުގެ ނެރު ބަންދު ކުރި މައްސަލަ އާއި ގުޅިގެން ކަމަށެވެ. 

އެސްއޯ ފުލުހުން އުކުޅަހުގައި ހަރަކާތްތެރިވަނި

މި މައްސަލާގެ ކަންކަމާއި ގުޅޭ އަދާހަމަ ދެއްވަމުން އެ ރަށު ރައްޔިތަކު ވިދާޅުވީ، އެ "ޒެޑް ކުރޫޒާ" ނަމަކަށް ކިޔާ އެ ސަފާރީ ބަނދަރުން ނެރުމުގެ ކޯޓު އަމުރެއް ނެރެދިނުމަށް އެދި މިހާރު އުކުޅަހު މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެހެން ނަމަވެސް، އެއީ މަދަނީ މައްސަލައަކަށް ވުމާއި އެކު، މައްސަލައިގެ ހައްލެއް އެންމެ އަވަހަށްވެސް ލިބެން އޮތީ މި މަހު 14 ގެ ފަހުން ކަމަށް ކޯޓުން މައުލޫމާތު ދެއްވާ ކަމަށް އެފަރާތުން ވިދާޅުވެފައިވެއެވެ.

އެސްއޯ ފުލުހުން އުކުޅަހުގައި ހަރަކާތްތެރިވަނި

"އަޅުގަނޑުމެންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ސަފާރީ އެތަނުގައި އޮތުން. ކައުންސިލުން ހުއްދަ ނުދޭއިރު އެތަނުގައި އެ އޮވެގެން ނުވާނެ. އެކަމަކު ދެން ކުރެވޭނެ މާބޮޑު ކަމެއްވެސް ނެތް. ކައުންސިލުން އެބަ ބުނޭ ގަވާއިދާ ޚިލާފަށޭ. ހުއްދައެއް ނުދެމޭ. އެހެންވީމާ ނެރެވެން ޖެހޭނެ ކަމަށް ގަބޫލު ކުރެވެނީ. އެކަމަކު އެ އޮތީ. ދެން މައްސަލަ ކޯޓަށް ލާފަ އެ އޮތީ. މަދަނީ މައްސަލައެއް ވީމާ ދެ ފަރާތަށް ވެސް ބަލަން ޖެހޭ ކަމަށް ކޯޓުން ބުނީ. ރައްޔިތުން ވަރަށް ކަންބޮޑުވޭ މިކަމުގައި."

މަރާމާތަށް އުކުޅަހު ބަނދަރުގައި ބާއްވާފައިވާ "ޒެޑް ކުރޫޒާ" ސަފާރީ؛ މި ސަފާރީން ރާ ވިއްކާ ކަމަށް ރައްޔިތުން ތުހުމަތު ކުރޭ 

އެ މައްސަލާގައި މީގެ ކުރިން ވޮއިސްއަށް މައުލޫމާތު ދެއްވަމުން އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް ވިދާޅުވީ، އެ ސަފާރީ އެރަށުގެ ބަނދަރުގައި ބޭއްވުމުގެ ހުއްދައަށްއެދި އެ ރަށު ކައުންސިލަށް ސަފާރީގެ ފަރާތުން އެދިފައިވަނީ މިމަހު 2 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އެކަމާއި ގުޅިގެން، ކައުންސިލުން ސަފާރީއަށް ހުއްދަ ނުދެނިސް އެ ސަފާރީ ބަނދަރަށް ވައްދާފައިވާ ކަމަށާ، މިހާރުވެސް ސަފާރީ ބަނދަރުގައި އޮތީ ކައުންސިލްގެ ހުއްދަ ނެތި ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
06 Oct 2026
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެއްޖެ، 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެއް
ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެކެވެ.
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
06 Oct 2026
މާލޭ އުތުރު ފަރާތު ބަނދަރުގައި ހަ ފިންގަރ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
މި މަޝްރޫއުގެ ޖުމްލަ އަގަކީ 18.98 މިލިޔަން ރުފިޔާއެވެ. މަޝްރޫއުގެ ތެރެއިން 25 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީއާއި 15 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.
06 Oct 2026
ހޫޘީންގެ ހަމަލާތަކެއް ސައުދީގެ ދެ އެއާޕޯޓަކަށް އަމާޒުވެ ތިން މީހަކު ޒަޚަމްވެއްޖެ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، އެތަންތަނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.