13 May 2025
ގާނޫނާ ހިލާފަށް ބިދޭސީން ގެންނަ މީހެއް; ދިވެހީންގެ ނެޓްވޯކެއް، އެކައުންޓްގައި 8 މިލިއަން
"މިތަކެތި ފެނިފައިވުމުން ތަހުގީގަށް ހާމަވާ ކަމަކީ ޝަހާދަތު ޙުސައިން އަކީ ވަރަށް ފުޅާ ދާއިރާއެއްގައި ބިދޭސީން ރާއްޖެ އެތެރެކޮށް އޭގެން މާލީ މަންފާ ހޯދާ ފަރާތެއްްކަން," ފުލުހުން މިއަދު ބުންޏެވެ.
12 May 2025
އާދަމް ފެނޭތޯ 10 ފަޅުރަށް ބެލި، ގެެއްލުނު މައްސަލާގައި ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން ތަހުގީގެއް ފަށައިފި
މީހާ ހޯދުމުގެ ގޮތުން ނަޑެއްލާ ފަޅު ތެރެއިން 10 ފަޅުރަށް ބަލާފައިވެ އެވެ. އަދި ނަޑެއްލާގެ އެކި ސަރަހައްދުތައްވެސް ބަލާފާސް ކޮށްފައިވެ އެވެ.
12 May 2025
ނަޑެއްލާއިން ގެއްލުނު މީހާ ފެނިއްޖެ، ހުރީ ކައިރި އޮތް ފަޅު ރަށެއްގައި
އޭރު އޭނާ ހުރީ ނަޑެއްލާ ކައިރީ އޮންނަ ފަޅުރަށެއްގަ އެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ބުންޏެވެ.
12 May 2025
ފިޒިއޯ ކްލިނިކުގައި ކުއްޖަކަށް އަނިޔާކުރުން: އިންޑިއާ ދެ މީހަކު ހައްޔަރު ކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އިންޑިއާގެ ދެ ރައްޔިތުންނެވެ. އެއީ އުމުރުން 24 އަހަރުގެ ދެ އަންހެނުންނެވެ.
11 May 2025
ފިޒިއޯ ކްލިނިކު ބަންްދުކޮށް ދެ މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފި
މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި އެ ކްލިނިކުން ދެކޭ ކަމަށާ މައްސަލަ ބަލަން ވަގުތު ދިނުމުގެ ގޮތުން ވަގުތީ ގޮތުން ކްލިނިކް ބަންދު ކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
11 May 2025
ތެރަޕީ ނަގަންދިޔަ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް
އެ މައްސަލަ ބަލަމުންދާކަން ފުލުހުން ހާމަކުރީ ކުއްޖާގެ އާއިލާ އިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މައްސަލަ ހުށައެޅުމާއި ގުޅިގެންނެވެ.
09 May 2025
ޔުމްނުއާ ސުވާަލު ކުރުމުގެ ފުރުޞަތެއް ލިބުނުހާ އަވަހަށް ކުރަން ބޭނުން
2025 އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ވެއްޓުނު މައްސަލަ އާއި އޭނާގެ ބަހެއް ހޯދުމަށް ސުވާލު ކުރުމުގެ ފުރުޞަތު އަދި މިހާތަނަށް ނުލިބޭ ކަމަށް ފުލުހުން ބުނެފިއެވެ.
09 May 2025
ބޯފެން ހުސްކުރި ފުޅިތަކެއްގައި ބަނގުރާ ހިފައިގެން ދިޔަ ދެމީހުން ހައްޔަރުކޮށްފި
ބޯފެން ހުސްކުރި ފުޅީގައި ބަނގުރާ އަޅައިގެން ދިޔަ ދެ ބިދޭސީއަކު، ހުޅުމާލެއިން ރޭ ހައްޔަރުކޮށްފިއެވެ.