Advertisement

ތެރަޕީ ނަގަންދިޔަ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް

ހުޅުމާލެ

ތެރަޕީ ނަގަންދިޔަ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

އެ މައްސަލަ ބަލަމުންދާކަން ފުލުހުން ހާމަކުރީ ކުއްޖާގެ އާއިލާ އިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މައްސަލަ ހުށައެޅުމާއި ގުޅިގެންނެވެ.

ފުލުހުން ބުނީ މި މަހުގެ ފަސްވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ކްލިނިކަކަށް ތެރަޕީ ނަގަންދިޔަ ކުއްޖަކަށް ޖިސްމާނީ ގޮތުން އަނިޔާ ވެދާނެ ގޮތަކަށް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ހުށައަޅާފައިވާ ކަމަށެވެ.

Advertisement

އިތުރު ތަފްސީލެއް ނުދީ ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement