21 Jun 2023
"ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ނުދީ ފިލަނީ ރައީސްގެ ފިނޑިކަމުން"
އިދިކޮޅު ކޯލިޝަނުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއި ބައްދަލުކުރަން ރައީސް އޮފީހަށް އަންނަނީ ރައްޔިތުންގެ ވަރަށް ގިނަ ސުވާލުތަކަކަށް އެމަނިކުފާނުގެ ފަރާތްޕުޅުން ޖަވާބު ހޯދަން ކަމަށާއި، އެ ސުވާލުތަކަށް ޖަވާބު ނުދެއްވާ ރައީސް ފިލާވަޑައިގަންނަވާނީ ފިނޑިކަމުން ކަމަށް އިދިކޮޅުން ބުނެފި އެވެ.