ރައީސް އޮފީސް
13 May 2023
ބަންގްލަދޭޝްގެ ބޮޑުވަޒީރު ދެއްވި ފަރިއްކޮޅެއްގައި ރައީސްގެ ނައިބު ބައިވެރިވެވަޑައިގެންފި
ހަވަނަ އިންޑިއަން އޯޝަން ކޮންފަރެންސްއަށް ވަޑައިގެންނެވި ބޭރުގެ ޢިއްޒަތްތެރިންގެ ޝަރަފްގައި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ދެއްވި ރޭގަނޑުގެ ފަރިކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންފިއެވެ.
12 May 2023
ރާއްޖެއިން ކޮސޯވޯގެ ދައުލަތް ޤަބޫލު ނުކުރާކަމަށް ބުނި ވާހަކަ ދޮގުކޮށްފި
ރަާއްޖެއިން ކޮސޯވޯގެ ދައުލަތް ޤަބޫލު ނުކުރާ ކަމަށް، ވިދާޅުވެ ސާބިއާގެ ރައީސް އެލެކްސެންޑާ ވުޖިކް ދެއްކެވި ވާހަކަފުޅު ދިވެހި ސަރުކާރުން ދޮގުކޮށްފިއެވެ.
11 May 2023
"ރާއްޖޭގެ ކަންކޮޅުތަކުގައި ސިއްހީ ޚިދުމަތް ދަނީ ތަރައްޤީކުރެވެމުން"
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ސިއްޙީ ޚިދްމަތްތައް ތަރައްޤީކުރުމަށް ކުރާ މަސައްކަތުގެ ދަށުން ބައެއް ސަރަހައްދީ ހޮސްޕިޓަލްތަކުގައި އާ ޚިދުމަތްތައް ތަރައްޤީކުރަމުން އަންނަކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މިއުވާން ވިދާޅުވެއްޖެއެވެ.
11 May 2023
ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ބަންގްލަދޭޝަށް ވަޑައިގަންނަވައިފި
10 May 2023
ޓީ.އެފް.ޖީގެ ސްޕޯޓްސް ފިޓްނަސް އެންޑް ރިހެބިލިޓޭޝަން ސެންޓަރ ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީ.އެފް.ޖީ) ގެ ސްޕޯޓްސް ފިޓްނަސް އެންޑް ރިހެބިލިޓޭޝަން ސެންޓަރ ހުޅުވައިދެއްވައިފިއެވެ.
10 May 2023
"ކުޑަކުދިން ބޮޑުވެގެން ޒިންމާދާރު ބަޔަކަށް ވާނީ ޒިންމާނެގުމުގެ ފުރުޞަތުތައް ފަހިކޮށްދީގެން"
ކުޑަކުދިން ބޮޑުވެގެން ޒިންމާދާރު ބަޔަކަށް ވުމަކީ ގިނަ މީހުން ދަރިންނާމެދު ދެކޭ ހުވަފެނަކަށް ވާއިރު އެންމެ ތުއްތު އިރުން ފެށިގެންވެސް އެ ފުރުޞަތުތައް ކުދިންނަށް ދިނުމަކީ މުހިންމުކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.
10 May 2023
‎"ސަމާލުކަން ދޭންވީ ޤައުމީ ތަރައްޤީގެ ވިސްނުމެއްގައި ދަރިން ތަރުބިއްޔަތު ކުރުމަށް"
ކުޑަކުދިންގެ ދުވަސް ފާހަގަކުރާ އިރު އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ، ޤައުމީ ތަރައްޤީގެ ވިސްނުމެއްގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތި ކުރުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
09 May 2023
"ސަރުކާރުގެ ސިޔާސަތަކީ އުފެއްދުންތެރި ޒުވާނުން ބިނާ ކުރުން"
ސަރުކާރުގެ ސިޔާސަތަކީ، ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ، އުފެއްދުންތެރި ޒުވާނުން ބިނާ ކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.