06 Apr 2023
"ފިކުރު ތަފާތުވެގެން ބިރެއް ނެތް، ރައިސްގެ ސިޔާސަތާ ދެކޮޅިއްޔާ ވަކިކުރާނަން"
ސިޔާސީ ގޮތުން ފިކުރު ތަފާތުވެގެން އެއްވެސް ފަރާތަކަށް ވަޒީފާގެ ބިރެއް ނޯންނާނެކަމަށާއި އެހެން ނަމަވެސް ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ސިޔާސަތާއި ދެކޮޅު މީހުން މަޤާމުތަކުން ވަކިކުރެވޭނެކަމަށް ސަރުކާރުން ބުނެފިއެވެ.
04 Apr 2023
"ނިއުޔޯކު ދަތުރުފުޅުގެ ރަސީދު ހާމަކޮށްފިނަމަ ރައީސް ޞާލިހަށް ނުރައްކާވާނެ"
2021 ވަނަ އަހަރު އެމެރިކާގެ ނިއުޔޯކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ކުރެއްވި ދަތުރުފުޅުތަކަށް ކުރެއްވި ޚަރަދުގެ ތަފްސީލުތައް ނުވަތަ ރަސީދުތައް ހާމަކޮށްފިކަމަށް ވާނަމަ އެމަނިކުފާނަށް ނުރައްކާވެދާނެ ކަމަށް ދައުލަތުން ބުނެފި އެވެ.
29 Mar 2023
ޝިފާޒު މަގާމުން ވަކިކޮށް، އިބްރާޙީމް ވަހީދަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުކަމުގައި ހުންނެވި ވެރިކަންކުރާ އެމްޑީޕީގެ ނައިބުރައީސް މުޙައްމަދު ޝިފާޒު އެމަޤާމުން ވަކިކޮށް އެ މަގާމް އެމްޑީޕީގެ ޗެއާޕާސަން ގެ ނާއިބު އިބްރާޙީމް ވަހީދު (އިބުރޭ)އަށް ދޭން ސަރުކާރުން ނިންމައިފިއެވެ.
27 Mar 2023
"އެސްއޯއީތަކުގެ ބޯޑަށް މީހުން އައްޔަންކުރުމާ ވަކިކުރުމަކީ ރައީސްއަށް އޮންނަ ބާރެއްނޫން"
ސްޓޭޓް އޯންޑް އެންޓަރޕްރައިޒެސް (އެސްއޯއީ) ތަކުގެ ބޯޑުތަކަށް މީހުން އައްޔަނުކޮށް ވަކިކުރުމަށް ރައީސް އޮފީހުން އަންގާ އެންގުންތަކަކީ ގާނޫނާ ހިލާފު އެންގުންތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
23 Mar 2023
އަޅުކަންތަކުގައި ހީވާގިވެ އުޅުމަށް ރައީސްގެ އިލްތިމާސް
މި ރަމަޟާން މަހު، ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެ، ކީރިތި ޤުރްއާން ކިޔެވުމުގައި ހޭދަކުރާ ވަގުތު އިތުރުކޮށް، ތަރާވީޙް ނަމާދާއި އެހެނިހެން އަޅުކަންތަކުގައި ހީވާގިވެ އުޅުމަށް، ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ.
20 Mar 2023
ރައީސް އޮފީހަށް މަލުގެ އިންތިޒާމު ހަމަޖައްސައިދޭނެ ފަރާތެއް ހޯދަނީ
ރައީސް އޮފީހަށް ބޭނުންވާ މަލުގެ އިންތިޒާމު ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ.
19 Mar 2023
"ދެއިރުކާ ބޭހެއްހެން ގައުމީ އިނާމުތައް ބަހާ "ބޮޑުގުޅަކުރުން" ބުއްދިވެރިއެއްނޫން"
ދެއިރުކާ ބޭހެއްގޮތަށް ޤައުމީ އިނާމާއި އެވޯޑްތައް ބަހައި، "ބޮޑުގުޅަކުރުން" ބުއްދިވެރިއެއް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
19 Mar 2023
ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ހުޅުވާލައިފި
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުޞަތު، ޤައުމީ އިނާމާބެހޭ ކޮމިޓީއިން މިއަދު ހުޅުއްވައިލައްވައި، އިނާމު ދިނުމުގެ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފިއެވެ.