ޚާރިޖީ ވަޒީރު ސާބިއާގެ ރައީސަ އާއި ބައްދަލުކުރައްވަނީ/ ފޮޓޯ: ޚާރިޖީ ވުޒާރާ
ހަބަރު
12 May 2023 | 09:00
ރާއްޖެއިން ކޮސޯވޯގެ ދައުލަތް ޤަބޫލު ނުކުރާކަމަށް ބުނި ވާހަކަ ދޮގުކޮށްފި


ރަާއްޖެއިން ކޮސޯވޯގެ ދައުލަތް ޤަބޫލު ނުކުރާ ކަމަށް، ވިދާޅުވެ ސާބިއާގެ ރައީސް އެލެކްސެންޑާ ވުޖިކް ދެއްކެވި ވާހަކަފުޅު ދިވެހި ސަރުކާރުން ދޮގުކޮށްފިއެވެ. 

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ އެއްވެސް ޤަައުމަކާ ގުޅުން ކަނޑާލުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އަދި ކޮސޯވޯއަކީ ވަކި ދައުލަތެއް ކަމަށް ރާއްޖެއިން ބަލައިގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮސޯވޯގެ މިނިވަންކަން ގަބޫލު ނުކުރަން ރާއްޖެއިން ނިންމާފައެއް ނުވޭ. ހަމަ ކަނޑައެޅިގެން ދޮގު ވާހަކައެއް އެއީ." މިއުވާން ވިދާޅުވި އެވެ.

ކުރިން ސާބިއާގެ ބައެއްގެ ގޮތުގައި އޮތް އަދި ގިނަ އަދަދެއްގެ މުސްލިމުން ދިރިއުޅޭ ކޮސޯވޯއަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރާއްޖެއިން ބަލައިގަތީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު އެވެ.

ކޮސޯވޯ އިން އެ ޤައުމަކީ ވަކި ދައުލަތެއްގެ ގޮތުގައި އިއްލާނު ކޮށްފައި އޮތް ނަމަވެސް ސާބިއާއިން އަދިވެސް ގަބޫލުކުރަނީ އެއީ އެ ގައުމުގެ ބައެއްގެ ގޮތުގަ އެވެ.

ކޮސޯވޯ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތް ގަތުން އަނބުރާ ގެންދަން ރާއްޖެ ހިމެނޭ ގޮތަށް ނުވަ ޤައުމަކުން އެއްބަސްވެފައިވާ ކަމަށް ސާބިއާގެ ރައީސް އެލެކްސެންޑާ ވުޖިކް ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ. 

ކޮސޯވޯގެ މިނިވަންކަން ރާއްޖެއިން ބަލައިގަތުމުން ރައީސް ނަޝީދުގެ ވެރިކަމުގައި އޭރުގެ ޚާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް އޭރުގެ އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެވެ. އެކަމަކު އޭނާގެ އިތުބާރު ނެތްކަމަށް އޭރު ފާހެއް ނުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.