މިއުވާން މުހައްމަދު
20 Jun 2023
"ރައީސް އެދިވަޑައިގަންނަވަނީ މަޖިލީސް ހިންގޭނެ ގޮތެއް ހޯދުން"
މަޖިލީސްގެ މަސައްކަތްތައް ހުއްޓާނުލާ، މަޖިލީސް ހިންގޭނެ ގޮތެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އެދިވަޑައިގަންނަވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
08 Jun 2023
"ނަޝީދު މަގާމުން ވަކިކުރަން ރައީސް ޞާލިހާއި މަޝްވަރާކުރި"
ރައްޔިތުން މަޖިލީހުގެ ރައީސް, އެމްޑީޕީގެ ރައީސް މުހައްމަދު، މަޖިލީހުގެ ރައީސް ކަމުން ވަކި ކުރަން ހުޅަހަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އާއި އެކު މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
08 Jun 2023
"241 ކޮމިޓީީއިން އެދިއްޖެ ނަމަ ރައީސްގެ ސިޓީީ ހިިއްސާ ކުރާނެ"
ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ލިބިގެންވާ ކަމަށް ރާއްޖޭން ބަލައިގަންނަކަން ބަޔާންކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓީފުޅަށް ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިިޓީ، (241 ކޮމިޓީ) އިން އެދިއްޖެ ނަމަ އެ ސިޓީފުޅު އެ ކޮމިޓީއާ ހިއްސާ ކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާޏް މުހައްމަދު ވިދާޅުވެއްޖެއެވެ.
08 Jun 2023
އަންނަ އަހަރުގެ ތެރޭ ހުރިިހާ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ"
ޕެ ހަރމަނައިޒިންގ ގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިމި މުޅި ދައުލަތުގެ ހުރިިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
08 Jun 2023
"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިނާޔަތް މި މަހު ބޮޑު ވާނެ"
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ އިނާޔަތް މިމަހުން ފެށިގެން ބޮޑު ވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
01 Jun 2023
އިދިކޮޅުން ބާއްވާ ރެލީ ބިނާވެފައިވަނީ އަސާސެއް ނެތް ކަމެއްގެ މައްޗަށް"
ޗާގޯސް މައްސަލައިގައި އުފައްދާފައިވާ އިއްތިހާދުން "ކަނޑު ވިއްކުމާއި ދެކޮޅު" ނަމުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން މާދަމާ ބާއްވާ ރެލީ އަކީ އެއްވެސް އަސާސެއް ނެތް ކަމެއްގެ މައްޗަށް ބިނާކޮށް ބާއްވާ ރެލީ އެއްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
25 May 2023
"މެއި6ގެ ހަމަލާއާއި ރައީސްއާއި ގުޅިވައި ކުރާ ތުހުމަތުތަކަކީ ދޮގެއް"
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ބައިވެރިވެވަޑައިގެންނެވި ކަމަށް ވިދާޅުވެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި "ދަ ޑިމޮކްރެޓްސް" ގެ ބައެއް މެންބަރުން ކުރެއްވީ ކަނޑައެޅިގެން ދޮގު ތުހުމަތު ތަކެއް ކަމަށް ސަރުކާރުން ބުނެފި އެވެ.
18 May 2023
"އިޓްލޮސްގެ ނިންމުން އިސްތިއުނާފް ކުރަން ދާނެ ތަނެއް ނެތް"
ޗާގޯސްއާއި ދިވެހިރާއްޖެއާއި ދެމެދު ފުށުއަރާ ސަރަހައްދެއް އޮތްކަމަށް ބުނެ މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށައެޅި މައްސަލައާއި ގުޅިގެން އިޓްލޮސްއިން އޭޕްރިލް 28 ވަނަ ދުވަހު ނިންމި ނިންމުން އަލުން އިސްތިއުނާފް ކުރަން ދާނެ ތަނެއް ނެތް ކަމަށާ، އެ މައްސަލަ އިސްތިއުނާފް ކުރުމުގެ މަރުހަލާ އެއްވެސް ނޯންނާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.