ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާނު/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
22 Jun 2023 | 16:58
ގޯއްޗާއި ފްލެޓު ލިސްޓު އީދު ކުރިއަކުން ހާމައެއް ނުކުރެވުނު

ބޮޑު އީދުގެ ކުރިން މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު އާންމު ނުކުރެވޭނެކަން ހާމަވެއްޖެ އެވެ. 

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ދޫކުރުމަށް ހަމަޖެހިފައިވާ މީހުންގެ ލިސްޓު އަންނަ ހަފްތާގައި ހާމަކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

"މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓު ލިބޭ މީހުންގެ ލިސްޓު އެކުލަވާލުމުގެ މަސައްކަތް މިހާރު މިވަނީ އެއްގޮތް ކަހަލަ ގޮތަކަށް ނިމިފަ. އެކަމާއި މަޝްވަރާކުރުމަށް، ޚާއްސަ ބައްދަލުވުމެއް މިއަދު އޮންނާނެ. އަދި މި މަސް ނިމުމުގެ ކުރިން ލިސްޓު ހާމަކުރައްވާނެ"

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާނު 

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން މާލެ ސަރަހައްދުން ގޯއްޗަށާއި ފްލެޓަށް ހުޅުވާލި ފުރުސަތުގައި ތިބުނު ތަރުހީބުން ބޯހިޔާވަހިކަމުގެ މައްސަލަ އަކީ ރައްޔިތުންނަށް ކިހާ ބޮޑު މައްސަލައެއް ކަމަށާއި، ބޯހިޔާވަހިކަމަށް ބޭނުންޖެހިފައި އޮތް މިންވަރު ވަރަށް ރަނގަޅަށް ވަޒަން ކުރެވިގެން ގޮސްފައިވާކަމަށް މިއުވާން ވިދާޅުވި އެވެ. 

އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުން ހުޅުވާލި ފުރުސަތުގައި ގޯއްޗާއި ފްލެޓު ދިނުމުގައި ސަރުކާރުން ބަލާނީ، އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އެ ހައްގު ކަށަވަރުކޮށްދިނުމަށް ކަމަށެވެ. 

އަދި ވަކި ބޭފުޅަކު ދޭ ލިސްޓަކަށް ފްލެޓާއި ގޯޓި ދޫނުކުރާނެކަމުގެ ޔަގީންކަން ވެސް ދެއްވާކަމަށް މިއުވާނު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އިތުރު ރަށެއް ތަރައްޤީކުރަނީ
ރޮއިޓަރސްއިން ބުނާ ގޮތުގައި، މިއީ ޗައިނާއިން އެ ސަރަހައްދުގައި ބިނާކުރާ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ވެގެންދާނެކަމަށް މާހިރުން ލަފާކުރެއެވެ
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ