ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
22 Jun 2023 | 12:29
ރައީސް ނަޝީދު ބޭނުންފުޅުވި ނަމަ ކުރިންވެސް ޖަލްސާތައް ބޭއްވުނިސް: ސަރުކާރު

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ބޭނުންފުޅުވެލެއްވި ނަމަ މަޖިލީހުގެ ޖަލްސާތައް ނުހުއްޓާ ކުރިއަށް ގެންދެވުނީސްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާނު މުޙައްމަދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިއުވާން ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ހުއްޓުވާލީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ނައިބުރައީސް އީވާ އަބްދުاللهގެ  އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅުުމުން އެ މައްސަލަތައް ކުރިއަށް ނުގެންދިއުމަށް ކަމަށް އެތައް މެމްބަރުންނެއް ތުހުމަތު ކުރައްވާފައިވާ ކަމަށެވެ. 

އެއީ ދޮގު ތުހުމަތުތަކެއް ނަމަ، ރައީސް ނަޝީދު މީގެކުރިންވެސް ޖަލްސާތައް ކުރިއަށް ގެންދަވާނެކަމަށް އޭނާ ވިދާޅުވި އެވެ. 

މިއުވާން ވިދާޅުވީ މިއަދު ރައީސް ނަޝީދު ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަވާން ނިންމެވީ އެމަނިކުފާނު އަމިއްލަފުޅަަށް ކަމަށެވެ. އެއީ އެއްވެސް އިދާރާއަކުން އަންގަވައިގެން، ނުވަތަ ނުފޫޒެއް ފޯރުވައިގެން ނިންމެވި ނިންމެވުމެއް ނޫންކަމަށް މިއުވާން ވިދާޅުވި އެވެ. 

"ރައީސް މުޙައްމަދު ނަޝީދު ބޭނުންފުޅުވީމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު އެ ބޭއްވުނީ ނޫން ތޯ؟ އެއްވެސް އިދާރާއަކުން އެއްވެސް މީހަކު އެއްވެސް ކަމެއް ނުކުރޭ ނޫން ތޯ އިތުރަކަށް؟ ހަމަ ރައީސް ނަޝީދު ބޭނުންފުޅުވީމަ އެ އޮތީ ބޭއްވިފަ. މީގެ ކުރީގެ ދެ ޖަލްސާ ވެސް އެމަނިކުފާނު ބޭނުންފުޅުވާނަމަ ބޭއްވުމުގެ ފުރުސަތު އޮންނާނެކަން ނޫން ތޯ އެއިން ވެސް އެ އެނގިގެން ދިޔައީ"

ތަރުޖަމާނު މިއުވާނު 

މިއުވާނު އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވާކަމަށް ވިދާޅުވެ ރައީސް ނަޝީދު ދެއްކެވި ވާހަކައަކީ މާބޮޑު ބުރަދަނެއް ހުރި ވާހަކަތަކެއްކަމަކަށް ބަގޫލުފުޅު ނުކުރައްވާކަމަށެވެ. އަދި ޖަލްސާތައް ކުރިއަށް ނުގެންދެވީ ނަޝީދު ބޭނުންފުޅުވެ ނުލައްވާތީކަން މިހާރު ހާމަވެގެން ގޮސްފައިވާކަމަށް މިއުވާނު ވިދާޅުވި އެވެ. 

އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައި އޮއްވާ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވާކަމަށް ރައީސް ނަޝީދު ވަނީ މީގެކުރިން ވިދާޅުވެފަ އެވެ. އަދި މަޖިލީހަށް ހުށައަޅާފައިވާ މަޖިލީހުގެ ރައީސާއި ނައިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަތަކުގެ ތެރެއިން ކޮންމެވެސް އެއް މައްސަލައެއް އަނބުރާ ނަންގަވާ މީގެކުރިން ވެސް އެފަދަ މައްސަލަތައް ކުރިއަށް ގެންދާ އުސޫލުން ކަންކަން ކުރެއްވުމަށް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ. 

އެހެން ނަމަވެސް ނަޝީދުގެ އެ ހުށައެޅުން މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ބަލައެއް ނުގަތެވެ. އަދި އެ ހުށައެޅުމާއި އެއްގޮތަށް ޕީޖީގެ ނިންމުން ބަދަލު ނުކުރާނެކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމް ވަނީ ވިދާޅުވެފަ އެވެ. 

އެހެންކަމުން ނަޝީދު ވަނީ ގޮތް ދޫކުރައްވާ މަޖިލީހުގެ ރިޔާސަތާއި ހަވާލުވެވަޑައިގެންފަ އެވެ. 

މިއަދުގެ ޖަލްސާ ފައްޓަވާދެއްވަމުން ނަޝީދު ވިދާޅުވީ އޭނާ ރިޔާސަތާއި ހަވާލުވެވަޑައިގަތީ އޭނާގެ އުޒުރުތަކަށް ވުރެ ގައުމާއި ރައްޔިތުންގެ މަސްލަހަތު ބޮޑުކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. އަދި މިއަދު އޭނާ ރިޔާސަތު ބެލެހެއްޓުމަށް ވަޑައިގަތުމަކީ ވާޖިބެއްކަމުގައި ގަބޫލުކުރައްވާތީ ކަމަށެވެ. 

އެހެން ނަމަވެސް މަރުތަޅު މައްސަލައަށް އުސޫލުގެ ތެރެއިން ޙައްލު ހޯދުމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ އެއްބާރުލުން ލިބިވަޑައިގެންފައި ނުވާކަން ފާހަގަކުރައްވާ ނަޝީދު ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އިތުރު ރަށެއް ތަރައްޤީކުރަނީ
ރޮއިޓަރސްއިން ބުނާ ގޮތުގައި، މިއީ ޗައިނާއިން އެ ސަރަހައްދުގައި ބިނާކުރާ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ވެގެންދާނެކަމަށް މާހިރުން ލަފާކުރެއެވެ
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ