ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު
ހަބަރު
08 Jun 2023 | 13:44
241 ކޮމިޓީީއިން އެދިއްޖެ ނަމަ ރައީސް މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުވި ސިޓީީ ހިިއްސާ ކުރާނެ: މިއުވާން

ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ލިބިގެންވާ ކަމަށް ރާއްޖޭން ބަލައިގަންނަކަން ބަޔާންކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓީފުޅަށް ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިިޓީ (241 ކޮމިޓީ) އިން އެދިއްޖެ ނަމަ އެ ސިޓީފުޅު އެ ކޮމިޓީއާ ހިއްސާ ކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްގެ ސިޓީފުޅާއި ބެހޭގޮތުން ނޫސްވެރިިއެއް ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން މިއުވާން ވިދާޅުވީި މީގެ ކުރިންވެސް ނޫސްވެރިންގެ ބައްދަލުވުމުގައިވެސް، ރައްޔިތުން މަޖިލީހުގެ 241 ކޮމިޓީއިން އެދިއްޖެ ނަމަ އެ ކޮމިޓީއަށް އެސިޓީފުޅު ރައީސް ފޮނުވާނެ ކަން ފާހަގަކޮށްފައިވާނެ ކަމަށެވެ.

އެހެންނަމަވެސް އާންމު އުސޫލެއްގެ ގޮތުން ދުނިޔޭގެ ދެގައުމުގެ ވެރިންގެ ދެމެދުގައި ބަދަލުކުރެވޭ ލިޔެކިިޔުންތައް ނުވަތަ ސިޓީފުޅުތަކަކީ އެއްވެސް ތަނެއްގައި އާންމު ކުރާ އެއްޗެއް ނޫން ކަމަށް މިއުވާން ވިދާޅުވިއެވެ.

އަދި މީގެ ކުރިން ރާއްޖޭގައިވެސް އެހެން ގައުމެއްގައިވެސް މިއީ ކޮށްއުޅޭ ކަމެއް ނޫން ކަމަށް މިއުވާން ފާހަގަކުރެއްވިއެވެ.

"މި ވަގުތު އެ ސިޓީ ފުޅުގެ ވާހަކަ ދައްކަވާ ބައެއް ބެފުޅުން ސިޔާސީ ބޭނުމަކަށް އެއީ އާންމުކޮށް މީހުން ކުރާ ކަމެއް ކަމަށް ދައްކަން އުޅުނަސް އެއީކީ ހަމަ ބުއްދިއިން ގަބޫލު ކުރެވޭ ކަމެއް ނޫން އެކަހަލަ ކަންކަން ކުރުމަކީ." މިއުވާން ވިދާޅުވިއެވެ.

މިއާއިއެކު ދުނިޔޭގެ ދޭދޭ ލީޑަރުންގެ މެދުގައި މިި ބަދަލު ކުރެވޭ ކޮރެސްޕޮސްޑެންސްއަކީ ސިއްރު ހިފެއްޓެ އެއްޗެއް ކަމަށް މިއުވާން ފާހަގަކުރެއްވިއެވެ.

"އެހެންނަމަވެސް ރައްޔިތުން މަޖިލީހުގެ 241 ކޮމިޓީއިން އެކަމަށް އެދިއްޖެ ކަމަށް ވާނަމަ ސިޓީ ހިއްސާ ކުރައްވާނެ." މިއުވާން ވިދާޅުވިއެވެ.

މިއުވާން މިއަދު މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން އަންގާރަ ދުވަހު ބޭއްވި ނޫޫސްވެރިންގެ ބައްދަލުވުމުގައި، 241 ކޮމިޓީގެ މުގައްރިރުކަން އަލުން ލިބިއްޖެނަމަ، ރައީސްގެ ސިޓީފުޅު ހޯދަން ރައީސް އޮފީހަށް ހުށަހަޅާނެ ކަމަށް އެެ ކޮމިޓީގެ މުގައްރިރުކަން މިހާތަނަށްވެސް ކުރައްވަމުން އައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.