ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު
25 May 2023 | 14:37
މެއި 6ގެ ހަމަލާގައި ރައީސް ޞާލިހުގެ ބައިވެރިވުން އޮތް ކަމަށް ކުރާ ތުހުމަތަކީ ކަނޑައެޅިގެން ދޮގެއް: މިއުވާން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ބައިވެރިވެވަޑައިގެންނެވި ކަމަށް ވިދާޅުވެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި "ދަ ޑިމޮކްރެޓްސް" ގެ  ބައެއް މެންބަރުން ކުރެއްވީ ކަނޑައެޅިގެން ދޮގު ތުހުމަތު ތަކެއް ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގުދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ ޔާގޫތުގޭގައާއި މެރީބްރައުން ކައިރީ ވެސް ބޮމެއް ބާއްވައިގެން ގޮއްވާލަން އުޅުނުކަމުގެ މައުލޫމާތު ސަރުކާރަށް އެނގޭ ކަމަށް ވިދާޅުވެފައެވެ އަދި އެއީ ރައީސުލްޖުމްހޫރިއްޔާއަށް ނޭނގި ހިނގާ ކަންކަން ކަމަށް ދެކެވަޑައިގަންނަން ދަތިކަމަށްވެސް ހަސަން ވިދާޅުވި އެވެ.

"އަޅުގަނޑު މި ދަންނަވާ ވާހަކަ އަކީ އިއްޒަތްތެރި ރައީސް، މިތަނުގަ 241 ކޮމިޓީން، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ހިންގި އިންކުއަރީގަ ސާފުކޮށް އެބައޮތް އެނގެން، ކެނެރީގެ ހުންނަ ގޯޅީގާ ސައިކަލެއް ބަހައްޓާފާ އެ ސައިކަލުގަ ބޮމެއް ހަރުކޮށްފާ، ރައީސް ނަޝީދު ނުކުމެވަޑައިގަންނަވާ ގަޑީގާ އެ ބޮން ގޮއްވާލައިގެން ރައީސް ނަޝީދު މަރާލަން އުޅުނު ކަމުގެ މައުލޫމާތު ރައީސުލް ޖުމްހޫރިއްޔާއަށް އެނގިވަޑައިގަންނަވާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އިންކުއަރީއަށް" ހަސަން ލަތީފް ވިދާޅުވިއެވެ. 

ހަސަން ލަތީފް ގެ ވާހަކަތަކަށް ތާއީދު ކުރައްވައި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުالله ވެސް ވަނީ، ރައީސް ނަޝީދަށް ހަމަލާދޭން އުޅޭ ކަމުގެ މައުލޫމާތު ސަރުކާރަށް ކުރިން އެނގޭ ކަމަށާ، އެހެން ނަމަވެސް، އަޅާނުލި ކަމަށް ވިދާޅުވެފައެވެ. 

ރައީސް ނަޝީދަށް އޮތް ހަސަދައެއްގެ ސަބަބުން އެފަދަ ހަމަލާއެއް ދޭއިރު ކޮލޭޓަރަލް ޑެމޭޖް ނުވަތަ އެ ސަރަހައްދުގައި ތިބި އެހެން ބަޔަކަށް ވެދާނެ އަނިޔާއަކަށް ވެސް ބެލުމެއް ނެތްކަން ފާހަގަކުރައްވައި އީވާ ވަނީ ރައީސް ސޯލިހަކީ ގައުމަށް ނުރައްކަލެއް ކަމަށް ވިދާޅުވެފަ އެވެ.

"އިބްރާހީމް މުހައްމަދު ސޯލިހަކީ ދިވެހިރާއްޖެއަށް އޮތް ބޮޑު ނުރައްކަލެއް. ހަމައެކަނި ތަންދޮރު ނޭނގެނީކީ ނޫން، ބިރުވެރި ވެސް ކަމެއް. ހަމަ ބިރުވެރި ވެސް ކަމެއް،" އީވާ ވިދާޅުވި އެވެ.

އީވާގެ އިތުރުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވެސް ވަނީ، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަކީ ރައީސް ޞާލިހު އަޑީގައި ހުންނަވައިގެން ކުރެއްވި ކަމެއް ކަމަށް ތުހުމަތު ކުރައްވާފައެވެ. 

"ރައީސް ނަޝީދު މަރާލަން ބޮން ގޮއްވާލި ސަރުކާރެއް. އޭގެ އަޑީގައި ހުރީ ރައިސުލްޖުމްހޫރިއްޔާ ކަމަށް މިއަދު އަޅުގަނޑަށް ސާފުވެއްޖެ،" ބޮންޑޭ ވިދާޅުވި އެވެ.

އެވާހަކަތަކަށް ރައްދުދެއްވައި މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ އެއީ "ކަނޑައެޅިގެން ދޮގު" ތުހުމަތުތަކެއް ކަމަށް ވިދާޅުވެފަ އެވެ.

"އެއީ އެ ހަމަލާގެ ސީރިއަސްކަން ގެއްލުވާލައި ބަޔަކަށް ގެއްލިފައިވާ ސިޔާސީ ތާއީދު އަނބުރާ ހޯދުމުގެ ގޮތުން, ތާއީދު ހޯދިދާނެ ކަމަށް ދެކެވަޑައިގެން ބައެއް ބޭފުޅުން ދައްކަވާ ވާހަކަ. އެކަމުގައި ހަގީގަތެއް އޮތް ކަމަށްވާނަމަ މި ދެ ތިން ދުވަހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެކަނި ކީއްވެގެންތޯ އެ ވާހަކަ ދައްކަވަންވީ," މިއުވާން ވިދާޅުވި އެވެ.

މިއުވާން ވިދާޅުވީ މީގެ ކުރިންވެސް އެ މެންބަރުންނަށް އެ ވާހަކަތައް ދެއްކެން އެކި ޕްލެޓްފޯމްތައް ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް، އެވާހަކަތައް އޭރު ނުދައްކަވައި މިހާރު ދައްކަވާ ސަބަބު އެންމެހާ ފަރާތްތަކަށް ވެސް އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެފަދަ ދޮގު ވާހަކަތައް ދައްކަވާނަމަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން އެ މައްސަލަ ބައްލަވާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ. 

"ދައްކާ ވާހަކަތައް ސާބިތު ކޮށްދޭން ޖެހޭ ޕްލެޓްފޯމެއްގައި އެ ބޭފުޅުން އެ ވާހަކަ ނުދައްކަވަނީ ކީއްވެގެންތޯ ސުވާލު އުފެދޭ. މަޖިލީހުގެ ބޭރުގައި, އިމްތިޔާޒް ލިބިވަޑައިގަންނަވާ ތަނަކުން ބޭރުގައި, އަދި ރައްޔިތުންގެ ހިތުގައި ރުޅިވެރިކަމާއި ބައިބައިވުން އުފެއްދުމަށް ދޮގު ވާހަކަތަކެއް އެ ބޭފުޅުން ދައްކަވައިފިނަމަ ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅައިގެން އެ މައްސަލަ ބަލާނަން," މިއުވާން ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.