ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު
ހަބަރު
08 Jun 2023 | 12:11
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިނާޔަތް މި މަހު ބޮޑު ވާނެ: މިއުވާން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ އިނާޔަތް މިމަހުން ފެށިގެން ބޮޑު ވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

އެގޮތުން މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިއުވާން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިނާޔަތް މި މަހުން ފެށިގެން ބޮޑުވާނެ ކަމަށާއި މިކަމުގެ ތަފްސީލީ މައުލޫމާތު އަންނަ ހަފްތާގައި ތެރޭގައި ހިއްސާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. 

މީގެ ތެރޭގައި މިި އިނާޔަތް ބޮޑު ވެގެން ދާނީ ކިހިނެއްކަމާއި އަދި އިނާޔަތް ބޮޑު ވެގެން ދާއިރު އަންނާނެ ބަދަލުތަކަކީ ކޮބައިކަން އިއުލާން ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ދެނީ މަހަކު 2،000 ރުފިޔާގެ އެލަވަންސެކެވެ. އެއީ މާ ކުޑަ މިންވަރެއް ކަމަށް ބުނެ، އެ އެލަވަންސް 5000 ރުފިޔާ އަށް ބޮޑުކޮށްދިނުމަށް، ލޯފަން މީހުންނާ އެކު ރައީސް ސޯލިހު 2021 ވަނަ އަހަރު ބޭއްވެވި ބައްދަލުވުމެއްގައި އެ މީހުންގެ ފަރާތުން ވެސް ވަނީ ރައީސް ސޯލިހަށް ދަންނަވާފަ އެވެ.

އަދި މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ބެހޭ ގާނޫނުގެ ދަށުން އެކުލަވާލަންޖެހިފައި އޮތް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ރަޖިސްޓްރީ އެކުލަވާލައި ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ޖޫން މަހުން ފެށިގެން އެމީހުންނަށް ސަރުކާރުން ދޭ އެލަވަންސް ބޮޑުކުރައްވާނެކަމަށްވެސް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ.

މިއާއިއެކު މި ހަފްތާގެ ހޯމަ ދުވަހު އައްޑޫ ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުުގައި އައްޑޫސިޓީގެ ރައްޔިތުންނާއި އެކު ބޭއްވެވި ރޭގަނޑުގެ ފަރިއްކޮޅުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެލަވަންސް އަށް ހެޔޮބަދަލެެއް ގެނެސް އެކަން ވަރަށް އަވަހަށް އިޢުލާނު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ނަސީމު
މި ސަރުކާރުގެ ވައުދެއް ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުން މީ ކަމެއް ނުވި! ހަމައެކަނި މިނިވަން ވޭޖް ކަނޑައެޅީ! އިދާރީ މުވައްޒަފުންގެ އޮނިގަނޑު އަދިވެސް ސިވިލްސަރވިސް އިން އިސްލާހެއް ނުކުރޭ!
08 Jun 2023
ދިވެހި މުސްކުޅިން
ކައުންސިލްތަކުގާ މަސައްކަތް ކުރާ ސިވިލްސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުނުކޮށް ކިހެނެއް އިންތިޚާބު ކާމިޔާބު ކުރާނީ އެއީ ހަގީގަތުގައި ރަށްރަށުގާ ވޯޓް ކޮންޓްރޯލްކުރާ މީހުންނަކީ
08 Jun 2023
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.