ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު އާއި ރައީސުލްޖުމްހޫރިއްޔާގެ އިބްރާޙީމް މުހައްމަދު ޞާލިހު-- ފޮޓޯ/ އިންޓަރނެޓް
ހަބަރު
18 May 2023 | 06:57
"އިޓްލޮސްގެ ނިންމުން އިސްތިއުނާފް ކުރަން ދާނެ ތަނެއް ނެތް؛ އިސްތިއުނާފު ކުރުމުގެ މަރުހަލާއެއްވެސް ނޯވޭ"

ޗާގޯސްއާއި ދިވެހިރާއްޖެއާއި ދެމެދު ފުށުއަރާ ސަރަހައްދެއް އޮތްކަމަށް ބުނެ މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށައެޅި މައްސަލައާއި ގުޅިގެން އިޓްލޮސްއިން އޭޕްރިލް 28 ވަނަ ދުވަހު ނިންމި ނިންމުން އަލުން އިސްތިއުނާފް ކުރަން ދާނެ ތަނެއް ނެތް ކަމަށާ، އެ މައްސަލަ އިސްތިއުނާފް ކުރުމުގެ މަރުހަލާ އެއްވެސް ނޯންނާނެ ކަމަށް ސަރުކާރުން ބުނެފިއެވެ. 

ދިވެހިރާއްޖެއާއި ޗާގޯސް އާއި ދެމެދު ފުށުއަރާ ސަރަހައްދެއް އޮތްކަމަށް ބުނެ މޮރިޝަސްއިން އިޓްލޮސްއަށް ހުށައެޅި މައްސަލައިގައި އެޓާނީ ޖެނެރަލް ރިއްފަތާއި އޭނާގެ ޤާނޫނީ ޓީމުން، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޚިލާފު ޕޮސިޝަނެއް ނަންގަވައި ކޯޓުގައި ވަކާލާތު ކުރައްވާފައިވާ ކަމަށާ، ދެން އޮތް ވެރިކަމެއްގައި މައްސަލަ އިސްތިއުނާފް ކޮށް، ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދާނެ ކަމަށް ފޯޅަވަހީގެ މައްސަލާގައި އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ އިއްތިހާދުން ވަނީ ބުނެފައެވެ. 

އެފަރާތްތަކުން އެފަދައިން ވިދާޅުވަނީ، އިޓްލޮސްގެ އިޖުރާއީ އުސޫލުތަކުގެ 126 ވަނަ މާއްދާ އާއި 127 ވަނަ މާއްދާއާއި ހަވާލާދެއްވާފައެވެ. 

އެ އުސޫލުތަކުގެ 126 ވަނަ މާއްދާގައި ބުނެފައިވަނީ، އިޓްލޮސްގެ ނިންމުމެއްގެ ދާއިރާ (ސްކޯޕް) ނުވަތަ މާނައާމެދު ޚުޞޫމަތެއް އުފެދޭ ހާލަތުގައި އެ މައްސަލައިގެ ނިންމުން ތަފުސީރުކުރަން ހުށަހެޅޭނެ ކަމަށެވެ.

އަދި 127 ވަނަ މާއްދާގައި ބުނެފައިވަނީ ހުކުމްކުރި މަރުހަލާގައި އިޓްލޮސްއަށް އަދި މައްސަލައިގެ ޚަޞްމުންނަށް އޭގެ ތަބީއަތުގައި އެނގިފައި ނެތް ވާޤިއާއެއް އެނގިއްޖެ ހާލަތުގައި އިޓްލޮސްގެ ނިންމުމެއް މުރާޖައާކުރަން އެ ޓްރައިބިއުނަލަށް ހުށަހެޅިދާނެ ކަމަށެވެ.

އެކަމާއި ގުޅިގެން "ވޮއިސް" އިން ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، އިޓްލޮސްގެ ގާނޫނާއި އަދި އަންކްލޮސް ގައިވެސް، ޓްރައިބިއުނަލް އިން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށާ، އެ ނިންމުމަށް ދެ ފަރާތުންވެސް ބޯ ލަނބައި ކިޔަމަންވާންޖެހޭނެ ކަމަށް އޮންނަ ކަމަށެވެ. 

"ތިޔަ ވިދާޅުވާ 126/127 ވަނަ މާއްދާ އަކީ އިޓްލޮސްގެ ޓްރައިބިއުނަލް ގެ ގަވާއިދުގައި ބަޔާން ކޮށްފައިވާ ވާހަކަ. އިސްތިއުނާފު ކުރެވޭ ވާހަކައެއް ނޯންނާނެ. އިސްތިއުނާފު ކުރުމަކީ އެޕީލް ކުރުން. ޔޫއެން ސިސްޓަމްގެ ތެރެއިން މިހެން ނިންމާ ނިންމުމަކީ 3 މަރުހަލާގެ ކޯޓު ޕްރޮސެސް އެއް ފުރިހަމަ ކުރުންފަދަ ކަމެއް ނޫން. އިޓްލޮސްގެ ނިންމުމަކީ ފައިސަލާ ކުރަނިވި ނިންމުމެއް."

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު 

މިއާއެކު މިއުވާން ވިދާޅުވީ، 126 އަދި 127 މާއްދާގައި ވަނީ ޓްރައިބިއުނަލްގެ ނިންމުން ރިވިއު ނުވަތަ މުރާޖަޢާ ކުރެވޭނެ ހާލަތްތަކުގެ ވާހަކަ ކަމަށާ، އެ މާއްދާގައި އެ ހާލަތްތައް ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި އެއީ ހުކުމްކުރި މަރުހަލާގައި އިޓްލޮސްއަށް އަދި މައްސަލައިގެ ޚަޞްމުންނަށް އޭގެ ތަބީއަތުގައި އެނގިފައި ނެތް ވާޤިއާއެއް އެނގިއްޖެ ހާލަތުގައި އިޓްލޮސްގެ ނިންމުމެއް މުރާޖައާކުރަން ހުށަހެޅޭނެ ވާހަކަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

މިއާއެކު މިއުވާން ވިދާޅުވީ، އެފަދައިން މުރާޖަޢާ ކުރަން ހުށަހެޅޭނެ ހާލަތެއް މިހާތަނަށްވެސް އެނގިފައި ނުވާ ކަމަށެވެ. 

އެފަދަ ހާލަތެއް މިހާތަނަށްވެސް އެނގިފައެއް ނެތް. އޮޅުވާލައިގެން އިސްތިއުނާފު ކުރެވޭނެ އޭ ބުނާ ބޭފުޅުންނަށް ވެސް މި މައްސަލަ ރިވިއު ކުރެވިދާނެ ފަދަ ހާލަތެއް އޮތްކަން ހާމަކުރެވިފައެއް ނެތް. އިޓްލޮސްގެ ނިންމުން އިސްތިއުނާފް ކުރަން ދާނެ ތަނެއް ނެތް. އިސްތިއުނާފު ކުރުމުގެ މަރުހަލާއެއް ނޯވޭ. 

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު 

މިއާއެކު މިއުވާން ވިދާޅުވީ މުރާޖަޢާ ކުރުމަށް ހުށަހެޅުމަށް ބަލާއިރު، އިޓްލޮސްގެ ނިންމުން ނިންމި އިރު އެނގިފައި ނުވާ އިތުރު ކަމެއް އޭގެ ފަހުން އެނގިފައި ނުވާ ކަމަށެވެ. އަދި އެމައްސަލަ އިޓްލޮސްގައި ކުރިއަށް ގެންދެވުނީ، ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ ޓީމެއްގެ ލަފާގެ މަތިން، ހޯދަންޖެހޭ ހުރިހާ އެއްޗެއް ހޯދުމަށްފަހުގައި ކަމަށާ، އެ ޓީމުގައި ލޯޔަރުންގެ އިތުރުން ހައިޑްރޯގްރަފަރުންވެސް ހިމެނޭ ކަން މިއުވާން ފާހަގަކުރެއްވި އެވެ. އެހެންކަމުން އެ ނިންމުން މުރާޖަޢާ ކުރަންވެސް ހުށަހެޅޭނެ ހާލަތެއް ނެތް ކަަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.