ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
01 Jun 2023 | 13:01
މާދަން އިދިކޮޅުން ބާއްވާ ރެލީ ބިނާވެފައިވަނީ އެއްވެސް އަސާސެއް ނެތް ކަމެއްގެ މައްޗަށް: މިއުވާން

ޗާގޯސް މައްސަލައިގައި އުފައްދާފައިވާ އިއްތިހާދުން "ކަނޑު ވިއްކުމާއި ދެކޮޅު" ނަމުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން މާދަމާ ބާއްވާ ރެލީ އަކީ އެއްވެސް އަސާސެއް ނެތް ކަމެއްގެ މައްޗަށް ބިނާކޮށް ބާއްވާ ރެލީ އެއްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. 

ފޯޅަވަހީގެ ކަނޑުގެ ސަރަހައްދުގެ ފުށުއަރާ ބައިގެ އިން ވަކިކުރުމުގައި ރާއްޖޭގެ ކަނޑުން ބޮޑު ބައެއް ގެއްލިފައިވާ ކަމަށްބުނެ އިދިކޮޅުން "ކަނޑު ވިއްކުމާއި ދެކޮޅު" އިއްތިހާދެއް ވަނީ އުފައްދާފައެވެ. އެ އިއްތިހާދުގައި، ޕީޕީއެމް/ޕީއެންސީ، ޖުމްހޫރީ ޕާޓީ، ދަ ޑިމޮކްރެޓްސް، އެމްއެންޕީ، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ކުރީގެ ބަންޑާރަ ނައިބު ޑރ. މުނައްވަރު އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހިމެނިވަޑައިގަންނަވައެވެ. 

އެ އިއްތިހާދުން މާދަމާ ބޮޑު ރެލީއެއް ބާއްވާއިރު، މާދަން ރޭގައި  "ބާނަ ބާނަ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" ނަމުގައި ބޮޑު ޖަލްސާއެއްވެސް ބާއްވަން ވަނީ ނިންމާފައެވެ. އަދި އެ ޖަލްސާއަކީ މިހާތަނަށް ސިޔާސީ ޕާޓީތައް ގުޅިގެން ބާއްވާ އެންމެ ބޮޑު ހަރަކާތަށް ވެގެންދާނެކަމަށް "ކަނޑު ވިއްކާލުމާއި ދެކޮޅު" ކޯލިޝަނުން ވަނީ ބުނެފަ އެވެ. 

އެކަމާއި ގުޅިގެން މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިއުވާން ވަނީ އެއީ އެއްވެސް އަސާސެއް ނެތް ކަމެއްގެ މައްޗަށް ބިނާކޮށް ބާއްވާ ރެލީއެއް ކަމަށާ، އެކަން ރައްޔިތުންނަށްވެސް އެނގޭކަމަށް ވިދާޅުވެފައެވެ. 

"އެ ހަރަކާތަކީ އެއްވެސް އަސާސެއް ނެތް ކަމެއްގެ މައްޗަށް ބިނާކޮށް، ދިވެހިންގެ ހިތުގައި އޮތް ވަތަނީ ޖޯޝު، އޭގެ ފައިދާ، ސިޔާސީ ބޭނުމަށް ނަހަމަ ގޮތުގައި ހިފިދާނެ ކަމުގެ ހުވަފެނެއްގައި، މަދު ފަރާތްތަކަކުން ހިންގާ ހަރަކާތެއްގެ ގޮތުގައި އަޅުގަނޑުމެން ސިފަ ކުރަނީ."

"މި މައްސަލާގައި މި އަޑުގަދަ ކުރައްވާ ބޭފުޅުންނަށް ބަލާލާއިރު، އެކިއެކި ވާހަކަ ދައްކައިގެން، ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތް ކުރާ ބައެއް ފަރާތްތަކާއި، އަދި ބައިނަލްއަގުވާމީ މި ޓްރައިބިއުނަލްގެ، ނުވަތަ ބައިނަލްއަގުވާމީ މި ދާއިރާގައި ތިބި ބޭފުޅުންނަށްވުރެ، މި ދާއިރާގައި އެއްވެސް ވަރަކަށް މަސައްކަތް ނުކުރައްވާ ތިއްބަވާ، ނަމަވެސް އެބޭފުޅުންނަށްވުރެ ތަޖުރިބާކާރު ބޭފުޅުން ކަމަށް ބައެއް ބޭފުޅުންނާ، މިފަދަ ބޭފުޅުން ތަކެއް މި ހިމެނެނީ. އެކަން ދިވެހިން ވަރަށް ރަނގަޅަށް ގަބޫލުކުރާހެން އަޅުގަނޑަށް ހީވަނީ." 

މިއުވާން މުހައްމަދު 

މިއާއެކު މިއުވާން ވިދާޅުވީ އެ މައްސަލައިގައި ނުކުމެ ތިއްބެވި ބޭފުޅުންނަކީ އެއްގަލަކަށްވެސް ނޭރެވޭ ބޭފުޅުންކަމަށާ، މި މައްސަލަ އަކީ ކޮބައިކަންވެސް، އެކި ބޭފުޅުން ސިފަ ކުރައްވަނީ އެކި ގޮތަށް ކަމަށެވެ. އެގޮތުން، މައްސަލަ ނިންމާފައިވަނީ "ރިޝްވަތު ނަގައިގެންނޭ،" ނުވަތަ، "ދޫކޮށްލައިގެންނޭ،" ނުވަތަ "ރަނގަޅަށް ވަކާލާތު ނުކުރެވިގެންނޭ" ފަދަ އެކި ވާހަކަ އެކި ބޭފުޅުން ދައްކަވާ ކަމަށް ވިދާޅުވެ މިއުވާން ވަނީ ކަނޑުވިއްކުމާއި ދެކޮޅު އިއްތިހާދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އަޅުގަނޑު ކުރިންވެސް ދެންނެވު ފަދައިން، މި ބޭފުޅުން އެއްބަސްވާ އެންމެ ކަމެއް އޮންނަނީ. ކޮންމެ ބޭފުޅެއްވެސް ވެރިކަމަށް ވަޑައިގަންނަވަން. އެކަމަށް ހުރިހާ ބޭފުޅުންވެސް އެބަ އެއްބަސްވޭ. 

މިއުވާން މުހައްމަދު 

މިއުވާން އިތުރަށް ވިދާޅުވީ، އެ މައްސަލަ އިސްތިއުނާފް ކުރާނެކަމަށް އިދިކޮޅުން ބުނި ނަމަވެސް، އިސްތިއުނާފް ކުރާނެ ތަނެއްވެސް އެއްވެސް ބޭފުޅަކަށް ވިދާޅުނުވެވޭ ކަމަށެވެ. އަދި އެފަދައިން ވިދާޅުނުވެވެނީ އެއީ އިސްތިއުނާފް ނުކުރެވޭނެ މައްސަލައެއް ކަމަށް ވާތީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

މިއުވާން ވިދާޅުވީ ކުރިއަށް އޮތީ ރިޔާސީ އިންތިހާބު ކަމަށާ، އިންތިހާބާއި ދިމާކޮށް އެކި ބޭފުޅުން، އެކިއެކި ސިޔާސީ ވާހަކަ ދައްކަވާނެ ކަމަށާ، އެހެންނަމަވެސް، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދީ ރައްޔިތުންގެ ހާލަތު މިހާރަށްވުރެ ރަނގަޅުކުރުމަށް ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.