ރައީސް ޞާލިހާއި ނަޝީދު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
20 Jun 2023 | 17:05
ރައީސް އެދިވަޑައިގަންނަވަނީ މަޖިލީސް ހިންގޭނެ ގޮތެއް ހޯދުން: މިއުވާން

މަޖިލީސްގެ މަސައްކަތްތައް ހުއްޓާނުލާ، މަޖިލީސް ހިންގޭނެ ގޮތެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އެދިވަޑައިގަންނަވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުاللهގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައި އޮއްވާ، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ހުށައެޅުމާއި ގުޅިގެން މަޖިލިސް ކުރިއަށް ގެންދިއުމަށް ވަނީ ހުރަސްއެޅިފަ އެވެ. 

ރައީސް ނަޝީދާއި، ނައިބުރައީސް އީވާ އާއި ދެބޭފުޅުން ވަނީ އެދެބޭފުޅުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައި އޮއްވާ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވާކަމަށް އަންގާފަ އެވެ. އަދި އެ ކަމާއި ގުޅިގެން މަޖިލީހުގައި ހޫނު ބަހުސެއް އުފެދި މަޖިލީސް ކުރިއަށް ނުގެންދެވި ނިމުނު ހަފްތާގައި ވެސް ޖެހުނީ މަޖިލީހުގެ ޖަލްސާތައް ހުއްޓާލާށެވެ. 

މަޖިލީހުގެ މައިނޯރިޓީ މެމްބަރުން ވިދާޅުވަމުން ދަނީ މަޖިލީހުގައި "މަރުތަޅު" އެޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އަދި މިހާރު މަޖިލީހަކީ އެމަނިކުފާނު ކޮންޓްރޯލުކުރައްވާ ތަނެއްކަމަށެވެ. 

އެހެންކަމުން އެމަނިކުފާނު ބޭނުންފުޅުވާނަމަ މަޖިލީސް ނުހުއްޓުވާ ކުރިއަށް ގެންދެވޭނެކަމަށް އިދިކޮޅު މެމްބަރުން ދަނީ ވިދާޅުވަމުންނެވެ. 

އެހެން ނަމަވެސް މަޖިލީސް ހުއްޓުވުމަކީ ރައީސް ޞާލިހު ބޭނުންފުޅުވާ ގޮތް ނޫންކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވަނު ވަނީ ވިދާޅުވެފައެވެ. އެގޮތުން މިއުވާނު ވިދާޅުވީ މަޖިލިހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވި ދައުލަތުގެ އެއްބާރު ހުއްޓިފައި އޮތުމަކީ ރައީސް ޞާލިހު ވަރަށް ބޮޑަށް ކަންބޮޑުވެލައްވާ ކަމެއް ކަމަށެވެ.

އަދި މަޖިލީސް ނުހުއްޓި ހިންގޭނެ ގޮތެއް ހައްދަވާދެއްވުމަށް މިވަގުތު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފުގެ އަރިހުގައި ރައީސް ޞާލިހު އެދިލެއްވިކަމަށް މިއުވާން ވިދާޅުވި އެވެ. 

މަޖިލީސް ހުއްޓިފައި އޮންނަ މައްސަލައާއި ގުޅޭގޮތުން އެމްޑީޕީގެ މެމްބަރުން ވިދާޅުވަމުން ދަނީ، މަޖިލީސް ހުއްޓުވާލީ ރައީސް ނަޝީދު ކަމަށެވެ. އަދި ނަޝީދު މަޖިލީސް ހުއްޓުވާފައި ބާއްވަނީ ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިޔަ ނުދިނުމަށްކަމަށް އެމްޑީޕީގެ މެމްބަރުން ދަނީ ތުހުމަތު ކުރަމުން ނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.