ރައީސް އޮފީހުގެ ތަރުޖަމާނު މިއުވަން މުހައްމަދު. ފޮޓޯ: ރައީސް އޮފީސް
ހަބަރު
24 Jul 2023 | 11:43
ޕްރައިމަރީއިން ބަލިވީމަ އެކި ބަހަނާދެއްކެވި ބޭފުޅަކު އެދަރަޖައަށް ވެއްޓުނީމާ ހައިރާނެއްނުވޭ: މިއުވާން

އެމްޑީޕީގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ޕްރައިމަރީއިން ބަލިވެވަޑައިގެންނެވުމުން، ކާމިޔާބުވި ކެނޑިޑޭޓުގެ ފަހަތްޕުޅަށް ނާރަން އެކި ބަހަނާ ދެއްކެވި ބޭފުޅެއް ކަމަށާ އެމަނިކުފާނު ރައީސް ޞާލިހު ގެ އުމުރުފުޅާ ސިއްހަތާއި ގުޅޭގޮތުން ވާހަކަދައްކަވާ ދަރަޖައަށް ވެއްޓުނީމާ ހައިރާން ނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މިއުވާން ވިދާޅުވެއްޖެއެވެ.

މިއުވާން މިހެން ވިދާޅުވީ ރައީސް ޞާލިޙާއި ގުޅުވައިގެން ރައީސް ނަޝީދު ރޭގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުތަކަކާއި ގުޅިގެނެވެ.

ރޭގެ ޖަލްސާގައި ރައީސް ނަޝީދުވަނީ ރައީސް ޞާލިޙްގެ ސިއްޚީ ޙާލުކޮޅާއި ގުޅުވައި ވާހަކަތަކެއް ދައްކަވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞާލިޙް މިހާރު ހުންނަވަނީ "މުށެއް ގެ ބޭސް" ފަރިއްކުޅުވައިގެން ކަމަށެވެ. އަދި ވެރިކަމަށް ކުރެއްވުމަށް އެމަނިކުފާނުގެ ސިއްޙީ ހާލުކޮޅު ތަން ނުދެއްވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން އެ ޙާލަތުގައި ޤައުމު ބިނާ ކުރުމުގެ އާ ވިސްނުންތަކާއި ޕްލޭނުތައް ނުނެރެވޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމަމިޔާއި އެކު ރައީސް ނަޝީދު  ވިދާޅުވީ މި ޙާލަތުގައި ވެރިކަން ކުރަން އުޅުއްވުމަށް ވުރެ ރަނގަޅުވާނީ ޒުވާން ބޭފުޅުންނަށް ފުރުސަތު ދެއްވުންކަމަށެވެ. އަދި ނަޝީދު ވިދާޅުވީ އޭނާ އެ ދައްކަވާ ވާހަކަފުޅާއި ރައީސް ޞާލިހުވެސް އެއްބަސްވެވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް ނަޝީދުގެ މިވާހަކަތަކާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ މިއީ ޕްރައިމަރީއިން ބަލިވީމާ، ކާމިޔާބުކުރި ކެންޑިޑޭޓުގެ ފަހަތަށް ނާރަން އެކިފާޑުގެ ތާކުންތާކުނުޖެހޭ ބަހަނާ ދެއްކެވި ބޭފުޅަކު އެއް ގޮތް ނެތިއްޔާ އަނެއް ގޮތަކުން ފަތުރަމުންދާ ފިތުނައިގެ އިތުރު ބޮޅެއް ކަމަށެވެ. އަދި އެ ދަރަޖައަށް އެފަދަ ބޭފުޅަކު ވެއްޓުނީތީ ހިތާމަކުރާ ކަމަށާއި އެކަމާއި ހައިރާން ނުވާ ކަމަށެވެ.

މިއުވާންގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރުވެސް ވަނީ ރައީސް ނަޝީދުގެ ވާހަކަފުޅުތަކަށް ރައްދުދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.