ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު
ހަބަރު
08 Jun 2023 | 12:58
ޕޭ ހަރމަނައިޒިންގ ގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިމި ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ: މިއުވާން

ޕޭ ހަރމަނައިޒިންގ ގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިމި މުޅި ދައުލަތުގެ ހުރިިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސް ވެރިންގެ ބައްދަލުވުމުުގައި އެހެނިހެން ދާއިރާތަކުގެ މުސާރައާއި ގުޅޭ ގޮތުން ނޫސްވެރިއެއް ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން މިިއުވާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިހާރު އިއުލާން ކުރައްވާފައިވަނީ ޕޭ ހާމަނައިޒިންގ ގެ ތެރެއިން ހުރިހާ ދާއިރާއެއްގެވެސް އަދި ދައުލަތުގެ ހުރިހާ މުވައްޒަފުންގެވެސް މުސާރަ ބޮޑުވެގެން ދާނެ ކަމަށެވެ.

މިއާއިއެކު ތައުލީމީ ދާއިރާއާއި، ޔުުނިވާސިޓީ ދާއިރާ، އަދި ސިއްހީ ދާއިރާގެ މުސާރައަށް މިިހާރު ބޮޑެތި ހެޔޮ ބަދަލުތަކެއް ގެނެވިފައިވާކަން ފާހަގަކުރައްވާ މިއުވާން ވިދާޅުވީ މި ދާއިރާތަކުގެ އިތުރުން އެހެނިހެން ދާއިރާތަކުގެ މުސާރަ ބޮޑު ކުރުމުގެ މަސައްކަތް ޕޭ ކޮމިޝަނުން ކުރިއަށް ގެންދާ ކަމަށެވެ.

އެގޮތުން ޕޭ ކޮމިޝަނުން ޕޭ ސްޓްރަކްޗަރ ތަކަށް ބަދަލު ގެންނަނީ އެކަމާއި ގުޅޭގޮތުން ހަދަން ޖެހޭ ދިިރާސާތައް ހަދައި، ހިޔާލު ހޯދަން ޖެހޭ ފަރާތްތަކުގެ ހިޔާލު ހޯދުމަށް ފަހުގައި ކަމަށް މިއުވާން ވިދާޅުވިއެވެ. އެހެންކަމުން ހުރިހާ ދާއިރާއެއްގެ މުސާރަ އެއްފަހަރާ ބޮޑު ކުރުން ފަސޭހަ ކަމަކަށް ނުވާނެ ކަމަށް މިއުވާން ފާހަގަކުރެއްވިއެވެ.

"އެހެންވީމަ މިހާރު މި މަސައްކަތް ކުރިއަށް އެބަ ދޭ، ސަރުކާރުގެ އެހެނިހެން ދާއިރާތަކުގެ މުސާރައަށް ހެޔޮ ބަދަލު ގެނައުމަށްޓަކައި، ޕޭ ހަރމަނައިޒިންގ ގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ތެރޭގައި މި މަސައްކަތް ނިމި، މުޅި ދައުލަތުގެ ހުރިިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު އިރާާދަކުރެއްވިއްޔާ ގެނެވޭނެ." މިއުވާން ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވަނީ މިި ހަފްތާގެ ހޯމަ ދުވަހު އައްޑޫ ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުުގައި އައްޑޫސިޓީގެ ރައްޔިތުންނާއި އެކު ބޭއްވެވި ރޭގަނޑުގެ ފަރިއްކޮޅުގައި ވާހަކަފުޅު ދައްކަވަމުން، ކުރިޔަށް އޮތްތަނުގައި ޕޭ ހާމަނައިޒޭޝަންގެ ދަށުން ހުރިހާ ދާއިރާއެއްގެ މުސާރަތަކަށް ގެންނަންޖެހޭ ހެޔޮބަދަލުތައް ގެންނަވާނެކަަމަށް ވިދާޅުވެފައެވެ.

އަދި ކޮވިޑްގެ ބަލިމަޑުކަން ކުރިމަތި ނުވިނަމަ މިހާތަނަށް އައިއިރު އެމަސައްކަތް އޮންނާނީ ނިމިފައިކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައެވެ.

ކޮމެންޓް
މިއަދު
ތިތަނަކުން މުސާރަ ބޮޑުކުރީމަ އަތަށްލިބޭއެތިކޮޅުމަދުވެ ލިބޭ ބޮޑުމުސާރައިން ދިރިއުޅުމުގެ ފެންވަރުދަނީދަށަށް
08 Jun 2023
ާއޭކޭ
އަންނަ އަހަރު އެހެންވީމަ ރައީސް ޞޯލިހަށް ވޯޓް ދޭނީ.
08 Jun 2023
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.