ރައީސް އޮފީސް
02 May 2023
އިންޑިއާ ސަރުކާރުން ހަދިޔާކުރި އުޅަނދު ރައީސުލްޖުމްހޫރިއްޔާ ކޮމިޝަންކޮށްދެއްވައިފި
އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރެއްވި، އޯފްޝޯ ޕެޓްރޯލް ވެސަލް، ސިފައިންގެ އެންމެ މަތީވެރިޔާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކޮމިޝަންކޮށްދެއްވައިފިއެވެ.
01 May 2023
މުސާރައަށް ގެނައި ބަދަލާއެކު ސިއްޙީ ދާއިރާގެ 3710 ދިވެހި މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ!
ސަރުކާރުން ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މުސާރައަށް ގެނައި ބަދަލާއެކު 3710 ދިވެހި މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.
30 Apr 2023
"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެލަވަންސް ބޮޑުކުރާނެ ތާރީޚެއް ނޭނގޭ"
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ދޭ އެލަވަންސު ބޮޑުކުރާނެ ވަކި ތާރީޚެއް ދަންނަވަން ދަތިފުޅުވާ ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
30 Apr 2023
އާ އޮނިގަނޑާއެކު ސީނިއަރ ރެޖިސްޓަރޑް ނަރުހަކަށް 29،271 ރުފިޔާ ސްޕެޝަލިސްޓަކަށް 41،976 ރުފިޔާ
ސިއްހީ ދާއިރާގެ މުސާރައަށް ގެނައި ކުރިއެރުމާއެކު ސީނިއަރ ރެޖިސްޓަރޑް ނަރުހަކަށް 29،271 ރުފިޔާ އަދި ސްޕެޝަލިސްޓަކަށް 41،976 ރުފިޔާ ލިބޭނެކަމަށް ރައީސް އޮފީހުން އިއުލާނު ކޮށްފިއެވެ.
30 Apr 2023
މިދިޔަ މުއްދަތުގައި ފުލުހުންގެ ޚިދުމަތަށް އެކަށީގެންވާ މުހިންމު ބަދަލުތަކެއް އައިސްފައިވޭ
ދިވެހި ފުލުހުންގެ ތާރީޚުން ފާއިތުވެގެން މިދިޔަ މުއްދަތުގެ ތެރޭގައި އެ ޚިދުމަތަށް ވަރަށް އެކަށީގެންވާ މުހިންމު ބަދަލުތަކެއް އައިސްފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
28 Apr 2023
ޗާގޯސް މައްސަލައިގައި އިދިކޮޅުގެ ތުހުމަތުތަކަށް ސަރުކާރުން ރައްދުދީފި
ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައާ ގުޅޭގޮތުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން ނެރެފައިވާ ބަޔާނުގައި ހުރި ވާހަކަތަކަށް ރައްދުދީ ސަރުކާރުން ވެސް ބަޔާނެއް ނެރިއްޖެ އެެވެ.
25 Apr 2023
އަލްހާފިޒާ ޝާޔާ އަށް ނާއިބް ރައީސް މަރުހަބާ ދަންނަވައިފި
މިސްރުގައި 40 އަހަރުން ދަށުގެ މީހުންނަށް ބޭއްވުނު ބައިނަލްއަގްވާމީ ޤުރުއާން މުބާރާތުގައި ހިތުން ކިޔެވުމުގެ ގޮފިން ބައިވެރިވެ މުޅި މުބާރާތުން 2 ވަނަ ހޯދާފައިވާ އަލްހާފިޒާ ފާތިމަތު ޝާޔާ ޒާހިރު އަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މަރުހަބާ ދަންނަވާފިއެވެ.
24 Apr 2023
ޕީސީބީ ބޯޑަށް ޝިރުވީން ޢައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް، މ.ލޭންޑްއޮފްގާރޑްން، އަލްއުސްތާޛާ ފާޠިމަތު ޝިރުވީން މިއަދު ޢައްޔަންކުރައްވައިފިއެވެ.