ބިލެއްދޫގެ އާ އިންޖީނުގެއާއި އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޞާލިހު ވާހަކަ ދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
28 May 2023 | 13:09
ކޮވިޑްގައި ރާއްޖެއިން އެޅިފިޔަވަޅުތައް ބަލަން ސީޝެލްއިންވެސް ގުޅި؛ އެޅީ ރާއްޖެއިން އެޅި ފިޔަވަޅުތައް: ރައީސް ޞާލިހު

ކޮވިޑްގައި ސީޝެލްއިންވެސް ބެލީ ރާއްޖެއިން އެޅި ފިޔަވަޅުތައް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ބިލެއްދޫ އާ އިންޖީނުގެއާއި އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ކޮވިޑްގެ އާލަމީ ވަބާގެ ތެރޭގައި ސީޝެލްސްގެ ރައީސް ފޯނުކުރެއްވި ކަމަށާއި އަދި ރާއްޖެއިން ކަންތައް ކުރި ގޮތުގެ މައުލޫމާތު ހޯއްދެވި ކަމަށެވެ.

"އޭރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ތެރެއަކު މީހުން އެވަރަކަށް މަރެއް ނުވޭ. ވިދާޅުވީ، ކިހިނެތްހޭ ތި ރާއްޖޭގެ ކަންތައް ކުރަނީ. މީހުން މަރު ނުވަނީ ކީއްވެގެންހެއްޔޭ ރާއްޖޭގަ. ތިމަންނަމެންގެ 98 ހާހެއްހާ މީހުން ދިރިއުޅޭ ރަށެއް، އަޅުގަނޑުމެންގެ (ރާއްޖޭގެ) ތިން ލައްކައެއްހާ މީހުން އޭރު އެބައުޅޭ. މިތަނުގަ (ސީޝެލްސްގަ) ދުވާލަކު ތިން ހަތަރު މީހުން މަރުވެއޭ އެބަ. ކޮން ކަހަލަ ފިޔަވަޅުތަކެއް ހޭ އެޅީ" 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ސީޝެލްސްގެ ރައީސްގެ އެދިލެއްވުމަށް އޭރު ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް ހިއްސާ ކުރި ކަމަށާއި، އޭގެ ފަހުންވެސް ސީޝެލްސްގެ ރައީސް ގުޅުއްވި ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ކަންކުރާ ގޮތް ބެލި ކަމަށާއި ރާއްޖެއިން އެޅި ފިޔަވަޅުތަކަކީ އެންމެ ރަނގަޅު ގޮތް ކަމަށް ފެނި، އެގޮތަށް އެ ގައުމުގައިވެސް ކަންތައް ކުރި ކަމަށް ސީޝެލްސްގެ ރައީސް ވިދާޅުވި ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

އެހެންކަމުން ކޮވިޑްގެ ތެރޭގައި ރާއްޖޭގައި ތިއްބެވި ސިއްހީ މާހިރުންނާއި މިނިސްޓަރުންނާއި ޓޫރިޒަމް ދާއިރާއިން އޭރު ދެއްވެވި ލަފާއަކީ މިހާރު މިގައުމަށް އާދެވިފައިވާ ސަބަބު ކަމަށް ރައީސް ވިދާޅުވިއެވެ.

އެއް ބަޔަކު ރުޅި އައި ނަމަވެސް ސިޔާސަތުތައް ކަނޑައަޅަން ވާނީ އެކަމެއްގައި ހިމެނޭ ހުރިހާ އެންމެންގެ ލަޔަފާ އިރުޝާދު ހޯދައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިހު ފ. އަތޮޅަށް މި ކުރައްވާ ދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ފ. ނިލަންދޫ، ދަރަނބޫދޫ، މަގޫދޫ، ބިލެއްދޫ، އަދި ފީއައްޔަށެވެ.

މި ދަތުރުފުޅުގައި އެ ރަށްރަށުގަ ސަރުކާރުން ކުރިއަށް ގެންދިޔަ ބައެއް މަޝްރޫއުތައް ނިންމާ، ހިދުމަތްތައް އިފްތިތާހު ކުރުން ކުރިއަށް ގެންގޮސްދެއްވާނެއެވެ.

އަދި ކޮންމެ ރަށެއްގެ ރައްޔިތުންނާނއި، ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ރައީސް ބައްދަލު ކުރައްވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި
މީނާއަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެފައިވާ މީހެއް ކަމަށާއި އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތްކަން ފުލުހުން އޭރު ވަނީ ފާހަގަކޮށްފައެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.
12 Oct 2026
ލިވަޕޫލް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެ، ތާވަލްގެ އެއްވަނައަށް
މި މޮޅާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަހަތުގައެވެ.
12 Oct 2026
ނަފްސާނީ މުހިންމު ބޭހެއް ރާއްޖޭއިން ހުސްވެފައި؛ ސްޓޭޓްފާމާގެ ޖަވާބެއް ނެތް
މި ބޭހުގެ ސްޓޮކް 10/26 ގައި މުއްދަތު ހަމަވާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އައު ސްޓޮކެއް އަންނާނެ ތާރީޚަކާ ގުޅޭގޮތުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރުއާ، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވޮއިސްއިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް، މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
12 Oct 2026
ޓީސީއަތުން މޮޅުވެ، އީގަލްސް ތާވަލްގެ އެންމެކުރިއަށް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް އެޓީމް ކުރިހޯދީ 3-0 ގެ ނަތީޖާއިންނެވެ. އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާތައް އުފައްދަފައިވަނީވެސް އެޓީމުންނެވެ.
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.