ނައިބު ރައީސް ފައިސަލް ނަސީމު އަދި ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފު، ބަންގުލަދޭޝްއިން ރާއްޖެއަށް ކަނޑައަޅާފައިވާ ހައި ކޮމިޝަނަރާއެކު ---- ފޮޓޯ: ރައީސް އޮފީސް
ހަބަރު
11 May 2023 | 09:05
ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ބަންގްލަދޭޝަށް ވަޑައިގަންނަވައިފި

ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ފައިސަލް ނަސީމް ބަންގްލަދޭޝަށް ވަޑައިގަންނަވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ނައިބު ރައީސްގެ މި ދަތުރުފުޅަކީ ހަ ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ރައީސް ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.

މި ކޮންފަރެންސް އޮންނާނީ މި ހަފްތާ ބަންދުގައި، ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ. ދެ ދުވަހުގެ މި ކޮންފަރެންސްގައި ނައިބު ރައީސް ބައިވެރިވެވަޑައިގެން، ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވާނެއެވެ.

މި ކޮންފަރެންސްގެ މި ފަހަރުގެ ޝިޢާރަކީ، "ދެމެހެއްޓެނިވި ކުރިމަގަކަށް، ސުލްޙައާއި ފާގަތިކަން އަދި ބައިވެރިވުން" މިއެވެ. މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި އިންޑިއާ ކަނޑުގެ ސަރަޙައްދީ ގުޅުން ބަދަހިކުރުމުގެ މަގުޗާޓެއް އެކުލަވާލުމަށްޓަކައި ކަމާބެހޭ ފަރާތްތައް އެއްތަނަކުން ބައްދަލުވެ މަޝްވަރާކުރެއްވުން ހިމެނެއެވެ.

ނައިބުރައީސްގެ މި ދަތުރުފުޅުގެ ތެރެއިން މި ކޮންފަރެންސްެގެ ހަވާސާގައި، ބަންގްލަދޭޝް ސަރުކާރުގެ އިސްވެރިންނާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވަވާނެއެވެ. މީގެ އިތުރުން ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހިންނާވެސް ނައިބު ރައީސް ބައްދަލުކުރައްވާނެއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
31 Jul 2026
ޕޮއިސްޑް މަޝްރޫޢާއެކު އަހަރަކު 3.13 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ: ފެނަކަ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ
31 Jul 2026
ބީއެމްއެލްގެ ސީއީއޯ ޝަރީފް، އޭޝިއާގެ ބޭންކިން ޖަމިއްޔާގެ އެންމެ އިސް މަޤާމަށް
31 Jul 2026
މޮރޯކޯއިން އެތައްހާސް ރެފިއުޖީންނެއް ސްޕެއިންގެ ސެއުޓާއަށް ވަދެގަނެއްޖެ
ސެއުޓާ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި ހިޖުރަވެރިން ބަލައިގަންނަ ނިޒާމަށް މިހާރު ވަނީ އޮބިނޯންނަ ވަރަށް ބާރުބޮޑުވެފައެވެ.
31 Jul 2026
އެސްޓީއޯ ޓަވަރު އެޕާޓްމަންޓުގައި އަލިފާނުގެ ހާދިސާ ހިނގީ އެގްޒޯސްޓެއްގައި ރޯވެގެން
މިހާދިސާގެ ސަބަބުން ފާޚާނާގެ ސީލިންގަށް ގެއްލުންތަކެއް ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް އަދި އިތުރު އެއްްޗަކަށްވެސް ގެއްލުމެއް ލިބިފައެއްނުވާކަމަށް ޑިޒާސްޓާއިން ބުންޏެވެ
31 Jul 2026
މޫސުން ރަނގަޅެއް ނުވޭ؛ ރީނދޫ ސަމާލު ދަންމާލައިފި
މެޓް އޮފީހުން ބުނި ގޮތުގައި، މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށްގަދަވާނެއެވެ.
31 Jul 2026
މޫސުން ގޯސްވެ، ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާތީ ފުލުހުންގެ އިލްތިމާސެއް
މޫސުން މިގޮތަށް ހުރުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާތީ، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، މޫސުން ގޯސްނަމަ ދަތުރު ނުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށާއި، ދަތުރުގެ ތަފުސީލު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.