ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
22 Jun 2023 | 12:21
ސަރުކާރުގެ އިދާރާތަކުގެ މަސައްކަތަށް ބައެއް ޕާޓީތަކުން ހުރަސްއަޅަމުންދާކަން ފާހަގަވެއްޖެ: ތަރުޖަމާނު

ސަރުކާރުގެ އިދާރާތަކަށް ގޮސް، އެ އިދާރާތަކުގެ މަސައްކަތްތަކަށް ބައެއް ސިޔާސީ ޕާޓީތަކުން ހުރަސްއަޅަމުންދާތީ ކަންބޮޑުވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

މިއުވާން މިފަދައިން ވިދާޅުވެފައިވަނީ ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެވެ. 

ނަން ހާމަނުކޮށް މިއުވާން ވިދާޅުވީ ބައެއް ސިޔާސީ ޕާޓީތަކުން ސަރުކާރުގެ އެކި އިދާރާތަކަށް ވަދެ، އެ ތަނުގައި ކުރާ މަސައްކަތްތަކަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި އެއީ ސަރުކާރުން އެއްވެސް ހާލަތެއްގައި ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި، ސިޔާސީ ޕާޓީތަކުން އެފަދައިން އަމަލުކުރުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއްކަމަށް މިއުވާން ވިދާޅުވި އެވެ. 

"ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ މަސައްކަތްތަކަށް ބައެއް ސިޔާސީ ޕާޓީތަކުގެ ބޭފުޅުން ހުރަސްއަޅާ އެތަންތަނުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ފުރައްސާރަ ކުރަމުން ގެންދާކަން އަޅުގަނޑުމެންނަށް ފާހަގަކޮށްލެވޭ. މީ ކަންބޮޑުވާކަމެއް"

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން 

ވަކި ސިޔާސީ ޕާޓީއެއްގެ ނަން މިއުވާން ހާމަ ނުކުރި ނަމަވެސް މި ދުވަސްކޮޅަކީ ވާދަވެރި ސިޔާސީ ޕާޓީ ޕީޕީއެމްއިން އުފައްދާފައިވާ އިންތިޤާލީ ކޮމެޓީތަކުން ސަރުކާރުގެ އެކި އިދާރާތަކަށް ގޮސް، އެ އިދާރާތަކުގެ މަސައްކަތްތައް ބަލާ ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރަމުންދާ ދުވަސްކޮޅެއްކަން ފާހަގަކޮށްލެވެއެވެ. 

ކޮންމެ ދުވަހަކު ވެސް އިދިކޮޅުގެ ޓީމުތަކުން ސަރުކާރުގެ އެކި އިދާރާތަކަށް ގޮސް، އި އިދާރާއަކާއި ގުޅުންހުރި މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކޮށްލެވެއެވެ. 

އޭގެ އިތުރުން އިދިކޮޅުގެ ލީޑަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއި ބައްދަލުކުރެއްވުމަށް ކޮންމެ ދުވަހަކު ރައީސް އޮފީހަށް ވަޑައިގެން އެތައް އިރެއް އެތަނުގައި ހޭދަކުރައްވާކަން ވެސް ފާހަގަކޮށްލެވެއެވެ. 

އެހެން ނަމަވެސް މިހާތަނަށް ރައީސުލްޖުމްހޫރިއްޔާ އެއްވެސް ފަހަރަކު އިދިކޮޅުގެ ލީޑަރުންނާއި ބައްދަލުކުރައްވާފަ އެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ