ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: ޕީޕީއެމް
ހަބަރު
21 Jun 2023 | 12:56
ރައްޔިތުންގެ ސުވާލުތައް ހިފައިގެން ދިޔައިމަ، ޖަވާބު ނުދީ ފިލަނީ ރައީސްގެ ފިނޑިކަމުން: އިދިކޮޅު

އިދިކޮޅު ކޯލިޝަނުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއި ބައްދަލުކުރަން ރައީސް އޮފީހަށް އަންނަނީ ރައްޔިތުންގެ ވަރަށް ގިނަ ސުވާލުތަކަކަށް އެމަނިކުފާނުގެ ފަރާތްޕުޅުން ޖަވާބު ހޯދަން ކަމަށާއި، އެ ސުވާލުތަކަށް ޖަވާބު ނުދެއްވާ ރައީސް ފިލާވަޑައިގަންނަވާނީ ފިނޑިކަމުން ކަމަށް އިދިކޮޅުން ބުނެފި އެވެ. 

ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރުމަށް މިއަދުވެސް އިދިކޮޅު ލީޑަރުން ވަނީ ރައީސް އޮފީހަށް ވަޑައިގެންފަ އެވެ. 

އެހެން ނަމަވެސް މިއަދުވެސް ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނާއި ބައްދަލުކުރައްވާފަ އެއް ނުވެއެވެ. 

ރައީސް އޮފީހަށް ވަޑައިގަތުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރަން އިދިކޮޅުން ކޮންމެ ދުވަހަކު ރައީސް އޮފީހަށް ދަނީ ރައްޔިތުންގެ ހުރި ވަރަށް ގިނަ ކަންބޮޑުވުން ތަކާއި، ރައްޔިތުން ޖަވާބު ހޯދަން އެދޭ ވަރަށް ގިނަ ސުވާލުތަކެއް ހިއްޕަވައިގެން ކަމަށެވެ. 

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله

"ރައްޔިތުން އަޅުގަނޑުމެން ގާތުގައި ބުނެދެނީ ރައީސް އޮފީހަށް ގޮސް ދޭށޭ. ރައީސް އާއި މި ސުވާލުތަށް ކޮށްދޭށޭ.. ކީއްވެގެންތޯ ރައީސް ޔާމިނަށް އަނިޔާކުރަމުން ތި ގެންދަނީ؟ އެމްއެމްޕީއާރުސީގެ ފައިސާގެ ތެރެއިން މަނިކުފާނު ނެތި 37 މިލިއަން ރުފިޔާ ކޮބައިހެއްޔޭ؟ އެ ފައިސާއަށް ހެދީ ކިހިނެއް ހެއްޔޭ؟ އެފައިސާއިން ކުރީ ކީއް ހެއްޔޭ؟ އެ ފައިސާ ގެންދިޔައީ ކޮން ތަނަކަށް ހެއްޔޭ؟ އަދި މި އެމްއެމްޕީއާރުސީގެ މުލު ދެ ވަގު އެއީ އަހުމަދު އަދީބާއި އަބްދުالله ޒިޔަތާއި ދެމީހުންނަށް ލުއި ދީގެން ތި އުޅެނީ ކީއްވެގެން ހެއްޔޭ؟ އެމީހުންނާއެކު ހެދީ ކޮން ޑީލެއް ހެއްޔޭ؟ މިކަހަލަ އެތައް ސުވާލެއް ކުރަން ރައްޔިތުން އަޅުގަނޑުމެން ގާތުގައި އެބަ ބުނޭ" 

ޕީއެންސީގެ ރައީސް އަބްދުއްރަހީމް 

އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަަށް ޖަވާބެއް ހޯދުމަށް ރައީސްއާއި ބައްދަލުވޭތޯ އިދިކޮޅުން ވަރަށް ގިނަ މަސައްކަތްތަކެއް މިހާތަނަށް ކުރައްވާފައިވާ ކަމަށެވެ.

އެގޮތުން ރައީސް އޮފީހުގައި ތިއްބަވައިގެން އެބޭފުޅުން ބޭނުންފުޅުވާ ގޮތަށް ސިޓީ ލިޔެ ތިން ފަހަރުމަތިން ހުށައަޅުއްވާފައިވާ ކަމަށާއި، އެހެން ނަމަވެސް މިހާތަނަށް އިދާރީ ޖަވާބެއް ފިޔަވައި އެއްވެސް ޖަވާބެއް ލިބިފައި ނުވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

އިދިކޮޅު ލީޑަރުންނާއި ބައްދަލުކުރުމަށް ގަޑި ދިނުމަށްފަހު ވެސް ބައްދަލުނުކުރައްވާ ކޮންމެ ދުވަހަކު ރައީސުލްޖުމްހޫރިއްޔާ އޮފީހުން ނިކުމެވަޑައިގަންނަވާ ކަމަށާއި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ނުދެއްވާ އެގޮތަށް ފިއްލަވަނީ ރައީސުލްޖުމްހޫރިއްޔާ ފިނޑިކަމުންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

އިދިކޮޅުން ލީޑަރުން ރައީސް އޮފީހުން ނިކުމެވަޑައިގެން މީޑިއާއަށް މައުލޫމާތު ދެއްވަނީ

"އަޅުގަނޑުމެންނަކަށް ރައީސް ޞާލިހު ބައްދަލެއް ނުކުރައްވާ. ރައީސް ޞާލިހުގެ ގައިގައި އެވަރުގެ ހިތްވަރެއް ނެތް. އެވަރުގެ ހިތްވަރެއް ނެތިއްޔާ ކީއްކުރައްވްނ ތޯ އެ ގޮނޑީގައި އެ އިންނަވަނީ"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله 

އެކަންކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވަނީ ރައީސް ޞާލިހުގެ އިސްތިއުފާއަށް ގޮވާލައްވާފަ އެވެ. 

އޭނާ ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވަން ކެރިވަޑައި ނުގަންނަވާނަމަ، އަދި ވާދަވެރިންނާއި ބައްދަލުކުރެއްވުމުގެ ޤާބިލުކަން ރައީސް ޞާލިހުގެ ކިބައިގައި ނެތްކަމަށް ވާނަމަ ދެން އެންމެ ރަނގަޅުވާނީ މަޤާމުން އިސްތިއުފާދެއްވުން ކަމަށެވެ. ޖަވާބުދާރީ ނުވެވޭ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވުމަށް ކުފޫ ހަމަނުވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.