އިދިކޮޅު ލީޑަރޝިޕް ރައީސް އޮފީސް ކައިރީ-- ފޮޓޯ/ ޕީޕީއެމް
ހަބަރު
13 Jun 2023 | 13:50
ރައީސް ޔާމީނަށް އަނިޔާ ކުރާ ކަމަށް ބުނެ އިދިކޮޅު ލީޑަރޝިޕް ރައީސް އޮފީހަށް

ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް އަށް އަދުގެ ސަރުކާރުން އަނިޔާ ކުރަމުންދާ ކަމަށް ވިދާޅުވެ، އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕް ރައީސް އޮފީހަށް ވަޑައިގެންފިއެވެ. 

"ފްރީ ޕްރެސިޑެންޓް ޔާމީން" ނުވަތަ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ޕޯސްޓަރ ތައް ހިފައިގެން އިދިކޮޅުގެ ލީޑަރޝިޕްގެ ބޭފުޅުންގެ ތެރެއިން، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސަޢީދު އާއި، ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން އާއި، ކ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލް އާއި، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ އިތުރުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ވަނީ ރައީސް އޮފީސް ދޮށަށް އެއްވެފައެވެ. 

އެބޭފުޅުންގެ އިތުރުން ޕީޕީއެމްގެ މެންބަރުންވެސް ރައީސް ޔާމީން އަށް ކުރަމުންދާ އަނިޔާ ހުއްޓާލުމަށް ގޮވާލައި ޕޯސްޓަރ ތައް ހިފައިގެން އެ ސަރަހައްދުގައި އަންނަނީ އަޑު އުފުލަމުންނެވެ. 

އެފަރާތްތައް ރައީސް އޮފީސް ކުރިމަތީގައި ތިއްބެވި އިރު، އެ ސަރަހައްދުގައި މިވަގުތު ރައީސް އޮފީހުގެ ސެކިޔުރިޓީންނާ ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. 

ރައީސް ޔާމީން ނުހައްގުން ޖަލަށްލައި ނުހައްގުން އަނިޔާ ކުރަމުންދާ ކަމަށާ އެކަން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އަންގަވައިގެން އިދިކޮޅުން ތުހުމަތު ކުރެއެވެ. އަދި ރައީސް ޞާލިހު އާއި ސަރުކާރުން އެފަދައިން ކަން ކުރައްވަނީ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ނުދެއްވަން ކަމަށްވެސް އިދިކޮޅުން ބުނެއެވެ. 

ނަމަވެސް ޖަލުން މިނިވަންވެ ވަޑައިގެން، ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ ރައީސް ޔާމީން ކަމަށްވެސް އިދިކޮޅުން އަންނަނީ ބުނަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.